ޞަލަވާތާއި ސަލާމްލެއްވިގެންވާ މާތް ނަބިއްޔާގެ ލޮބުވެތި އަނބިކަނބަލުން، މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ހުތުރުބަސް ބުނި ޝީޢީއަކު ދެއަހަރަށް ޖަލަށްލުމަށް ބަޙްރައިންގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ބަޙްރައިންގެ ޖީނާޢީ ކޯޓުން 19 އަހަރުގެ މިމީހާގެ މައްޗަށް އިއްވާފައިވާ ޙުކުމުގައި ބުނެފައިވާގޮތުގައި މިމީހާވަނީ މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް ނިސްބަތްކޮށް އިންޓަރނެޓުގެ އެކި ސައިޓުތަކުގައި ވަރަށް ހުތުރު އެއްޗެހިގޮވައި ސުންނަތް ޖަމާޢަތުގެ ޢާޤީދާއާއި ޚިލާފު މަގުފުރެދިފައިވާ ޢަޤީދާތަކެއް ފަތުރާފައެވެ.
"އޭނާވަނީ މިތަނުގައި ޒިކުރުކުރާންވެސް ނުކެރޭފަދަ ބަދުބަސްތަކެއް މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ބުނެފަ،" ކޯޓުން ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވެއެވެ.
ބަޙްރައިންގައި މިހާރަކަށް އައިސް ޝީޢީންގެ އުނދަގޫވަނީ ބޮޑުވެފައެވެ. އީރާނުގެ ޝީޢީ ސަރުކާރުގެ ނުފޫޒުގެ ދަށުން ބަޙްރައިންގެ ޝީޢީ ޖަމާޢާތްތަކުން ޤައުމުގެ އަމާންކަން ނަގާލައި ބަޙްރައިންގައި ދަނީ ހަމަނުޖެހުން އުފައްދަމުންނެވެ.

















advertisment
ހަގީގަތުގައި ޝީޢީން ނަކީ އިސްލާމުންގެ ނަން ދުނިޔޭގަ ހަޑި ކުރާބަޔެއް
މިހުކުމް ގ.ކެނެރީގެ ނަޝީދާއި އޭނަގެ ބައިވެރިންގެ މައްޗަށްވެސް ދިވެހިރާއްޖޭގެ ސޮޕުރިމް ކޯޓުން ކުރާނަމަ ހާދަރަގަޅޭ ، މިފަދަ ހުކުމެއް މިރީދޫ ކުލައިގެ މީހުންގެ މައްޗަށް އަންނަނަްޖެހޭ؟
މިފަދަ ހުކުމް އެމީހުންގެ މައްޗަށް ކުރަންޖެހޭ ދިވެހިންވެސް އެބައުޅޭ، ކުރިމިނަލް ކޯޓުން އެމީހުންގެ މައްޗަށް މިހުކުން އިއްވާނެ ދުވަހަކށް އިންތިޒާރުގައި ކެއްމަދުވެފައި؟!