އަރަބިދުނިޔެދުނިޔެ

މިސްރުގެ ޑިފެންސް މިނިސްޓަރާއި އަދި ޗީފް އޮފް ސްޓާފް މަޤާމުން ވަކިކޮށްފ

މިސްރުގެ ޑިފެންސް މިނިސްޓަރ ފީލްޑް މާޝަލް ހުސައިން ތަންތާވީއާއި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ސާނީ އަނާން މަޤާމުން ވަކިކޮށް އަސްކަރީ ޚިދުމަތުން މުސްކުޅިކޮށް އެދެބޭފުޅުންނަކީ އެޤައުމުގެ ރިޔާސީ ދެމުސްތަޝާރުންކަމުގައި އައްޔަނުކޮށްފިއެވެ.

ރައީސް މުޙައްމަދު މުރްސީގެ މިނިންމެވުމަށް ތާޢީދުކުރައްވައި ގިނަ ބަޔަކުވަނީ ވެރިރަށް ޤާހިރާގެ ތަހްރީރް މައިދާނަށް އިއްޔެ ޖަމާވެފައެވެ. ޓީވީއިން ވަގުތުން ދުރަށްދެއްކި ޚިތާބެއްގައި ރައީސް މުރްސީ މިކަން ދިފާޢު ކުރައްވައި ވިދާޅުވިގޮތުގައި މިއީ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް މެދުވެރިވި މުޒާހަރާތަކާއި އިސްލާޙީ މަސައްކަތުގެ ތެރެއިން ނެންގެވި ފިޔަވަޅެއްކަމަށެވެ.

މުރްސީގެ މިނިންމެވުމާއި އެކު އެމަނިކުފާނުވަނީ ރިޔާސީ އިންތިޚާބުގެ ކުރިން މިސްރުގެ އަސްކަރީ މަޖިލީހުން  ނެރެފައިވާ ދަސްތޫރީ އިޢްލާންވެސް ބާތިލްކުރައްވާފައެވެ.

"އިންޤީލާބުން ކާމިޔާބުވީ އޭގެ ބައެއް ލަނޑުދަނޑިތައް. ބާކީ ހުރިކަންތައްތައް ކާމިޔާބުކުރުމަށް މަސައްކަތްކުރުމީ އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެން ބޭނުންވަނީ މިޤައުމުގެ ސުލްހަ މަސަލަސްކަން ޤާއިމްކޮށް މިޤައުމު ތަރައްޤީކުރަން،" މުރްސީ ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިނިންމުމަކީ ވަކި ފަރުދަކަށް ނުވަތަ ވަކި މުވައްސަސާއެއް ލަދުގަންނަވާލުމަށް ނިންމި ނިންމުމެއް ނޫން. އަދިމީވަކި ބަޔަކަށް ނުބައި މެސެޖްތަކެއް ދިނުމަށް ކުރިކަމެއް ނޫން. އެހެނެއް ކަމަކު މިއީ މިޤައުމުގެ މަސްލަހަތަށް ނެގި މުހިއްމު ފިޔަވަޅެއް. މިސްރުގެ ރައްޔިތުންނަށް މިއަދު ވަނީ އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިވެފަ،" ރައީސް މުރްސީ ހާމަކުރެއްވިއެވެ.

 

ގުޅުންހުރި

3 ޚިޔާލު

  1. މިސްރު ދުވަސްތަކަށް ފަހު މުސްލިމުންގެ އަތުން ބީވުމަށް ފަހުގައި ދެވަނަ ފަހަރަށް މިސްރު މިފަތަހަ ކުރެވުނީ، މަތް ﷲ ރައީސް މުރުސީ އާއި މުސްލުމުންނަށް ނަސްރާއި ކާމިޔާބު ދެއްވާށި! ޢާމީން

  2. މިސްރު ދުވަސްތަކަށް މުސްލިމުންގެ އަތުން ބީވެ އޮތުމަށް ފަހުގައި ދެވަނަ ފަހަރަ މިސްރު ފަތަހަ ކުރެއްވި !ރައީސް މުރުސީ ޢާއި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ ﷲ މިންވަރު ކުރައްވާށި! އާމީން

  3. ސާބަހޭ ރައީސު މުރުސީ އަދި ފަލަސްތީނުގެ ބިންވެސް ފަތަހަ ކުރެވޭނެ އިންޝާﷲ މިސްރުގެ މުސްލިމުންނަށް ލިބުނު މިބޮޑު ފަތަހަ އާއި ނަސްރަށް ހަމުދު ހުރި! އިސްރާއީލު މީހުން ފަލަސްތީނު ބިމުން ފައްސާލުމަށް ހަމާސް ޖަމާއަތުން ކުރާ މަސައްކަތުގައި ﷲ ނަސްރު ދެއްވާށި! އާމީން

Your email address will not be published. Required fields are marked *