އަރަބިދުނިޔެދުނިޔެ

ސޫރިޔާއާއި އުރުދުންގެ ދިފާޢީ ބާރުތަކުން ބޯޑަރ ސަރަޙައްދުގައި ހަމަލާބަދަލުކުރަން ފަށައިފި

އުރުދުންއާއި ސޫރިޔާއާއި ގުޅޭ ބޯޑަރު ސަރަޙައްދުގައި ސޫރިޔަގެ ބައްޝާރުގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާއާއި އުރުދުންގެ ދިފާޢީ ބާރުތަކުން ހަމަލާތައް ބަދަލުކުރަން ފަށާފައިވާކަމަށްވެއެވެ. ނަމަވެސް އުރުދުންގެ ފަރާތަކުން މަޢްލޫމާތުދީފައިވާ ގޮތުގައި ހޮނިހިރު ދުވަހު އަދި އުރުދުންގެ އެއްވެސް މީހެއްމަރުވެފައިނުވާކަމަށް ވެއެވެ.

މަންޒަރު ދުށްކަމަށްބުނާ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓެއް ބުނެފައިވާގޮތުގައި ތެލް ޝިހާބުއް ތުރާ ސަރަޙައްދުގައި ކުރިއަށްދިޔަ މި ހަމަލާތަކުގައި ހަނގުރާމަމަތީ އުޅަނދުތައް ބޭނުންކޮށްފައިވާކަމަށްވެއެވެ. އަދި މިހަމަލާތައް ފެށިގަތީ ސޫރިޔާގެ ރެފިއުޖީން އުރުދުންނަށް ވަންނަންވެގެން މަސައްކަތްކުރުމުންނެވެ.

"ސޫރިޔާގެ ސިފައިން ފުރަތަމަ ހަމަލާދިނީ. ދެން އެއަށްފަހު ދެކޮޅުންވެސް ހަމަލާބަދަލުކުރެވުނު. މިހަމަލާތަކުގައި އުރުދުންގެ އެއްވެސް މީހަކު މަރުވެފައެއް ނުވޭ،" އުރުދުންގެ ސަރުކާރުގެ އޮފިޝަލަކު ހާމަކުރިއެވެ.

އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް މުސްލިމުން ތެދުވެފައިވާވާތާ މިހާރު 17 މަސްވެފައިވާއިރު ހަމަނުޖެހުން މިހާރުވަނީ ދާޚިލީ ބޮޑު ހަނގުރާމައަކަށް ބަދަލުވެފައެވެ. ބައްޝާރުލް އަސަދުގެ ސިފައިންދަނީ ސޫރިޔާގެ ނިކަމެތި މުސްލިމުންނަށް އެކިކަހަލަ އަނިޔާދީ ކުށެއްނެތް އެތަކެއް އަންހެނުންގެ އިއްފަތްފޭރި އެތަކެއް ކުޑަކުދިންނާއި ކުދިބޮޑު އެންމެން ޤަތުލުކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *