އަރަބިދުނިޔެދުނިޔެ

އިރާނަށް އައި ބިންހެލުމުގައި މަދުވެގެން 87 މީހުން މަރުވެއްޖެ

ހޮނިހިރު ދުވަހު އިރާނުގެ ހުޅަނގުއުތުރަށް އަވަސް އަވަހަށް އައި ދެ ބިންހެލުމެއްގައި ގިނަ އަވަށްތަކާއި ފަޤީރު ހިސާބުތަކަށް ވަރަށް ބޮޑެތި ގެއްލުންތައްލިބި މަދުވެގެން 87 މީހުން މަރުވެ 600 އަށް ވުރެ ގިނަ މީހުންނަށް އަނިޔާތައް ލިބިއްޖެކަމަށް އޮފިޝަލުން މަޢްލޫމާތުދިނެވެ.

މިކާރިސާގެ ގެއްލުން އަދި އަންދާޒާ ނުކުރެވޭކަމަށާއި، ގެއްލުން ލިބުނު މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށްވެއެވެ. މި ހިސާބުގަނޑުގެ ފޯނުގެ މުޢާސަލާތު މެދުކެނޑިފައިވުމުގެ ސަބަބުން އޮފިޝަލުން އަންނަނީ ރޭޑިޔޯ ބޭނުންކޮށްގެންކަމަށާއި އެހެން ކުދި އަވަށްތަކަށް ހެލިކޮޕްޓަރުތައް ފޮނުވައިފާވާކަމަށްވެއެވެ.

" އަހަރުމެން މީހުންގާތު މިބުނަނީ ހާސްވެ ކަންބޮޑުނުވާށޭ. މިހާރު އެހީއާއިގެން ސަލާމަތްކުރަން މީހުން އެހިސާބަށް ގޮސްފައޭވަނީ." އެންމެފަހުން މީހުން މަރުވި އަދަދު ސްޓޭޓް ޓީވީއަށް ދިން ރީޖަނަލް ނެޗުރަލް ޑިޒާސްޓަރ ސެންޓަރގެ އިސްވެރިޔާ ޚަލީލް ސާޢީ މަޢްލޫމާތު ދިނެވެ.

ތެހްރާންގެ ސީސްމޮލޮޖިކަލް ސެންޓަރގެ ތަފާތުހިސާބުތަކަށް ބަލާއިރު މިބިންހެލުމުގެ ބާރުމިން 6.2 އާއި 6.0 މެގްނިޓިއުޑަށް ކަމަށް ވެއެވެ.

މުޅި ދުނިޔޭގެ ސީސްމިކް ހަރަކާތްތައް ބެލެހައްޓަމުން އަންނަ އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން މި ބިންހެލުން އެއަށްވުރެން ބާރުގަދަކަމަށް ވަނީ ނިންމާފައެވެ. އެއީ 6.4 އަދި 6.3 މެގްނިޓިއުޑްއެވެ.

އެޤައުމުގެ ރެޑް ކްރެސެންޓް ޖަމާޢަތުގެ ޑިރެކްޓަރ އޮފިޝަލް ނިއުސް އެޖެންސީ އައިއާރއެންއޭ އަށް ދިން މަޢްލޫމާތުގައި، 210 މީހުން ބިންހެލުމުގެ ތެރެއިން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

66 ރެސްކިއު ގްރޫޕްތައް މަސައްކަތުގައި އެބައުޅޭކަމަށާއި 40 އާލާތާއި 7 ކުއްތާ ވަޅުލެވިފައިތިބި ދިރިތިބި މީހުން ހޯދުމުގެ މަސައްކަތުގައި ގެންގުޅެމުންދާކަމަށް ކުއްލި ޚިދްމަތްދޭ އޮފިޝަލަކު ހާމަކޮށްފައިވެއެވެ. އަދި 185 އެމްބިއުލަންސްވެސް އެސަރަޙައްދަށް ފޮނުވާފައިވާކަމަށްވެއެވެ. ޒަޙަމްވެފައިވާ މީހުންތައް އެންމެ ކައިރީގައިވާ ބޮޑު 2 ސިޓީ ކަމަށްވާ ތަބްރީޒްއާއި އަރްދެބިލް ގެ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާކަމަށްވެއެވެ.

" 60 އަވަށެއްވަނީ 60 އާއި 80 ޕަރސެންޓްގެ ގެއްލުންވަނީ ލިބިފަ. އަދި 4 އަވަށެއްވަނީ 100 ޕަރސެންޓް އެއްކޮށް ހަލާކުވެގެންގޮސްފަ." ސާޢީ ހާމަކުރިއެވެ.

" އާހަރު އަވަށުގައި 30 މީހުން މަރުވެފައިވޭ، 40 މީހުން ވަރްޒަޤާންގައި އަދި 10 މީހުން ހާރިސްގައި މަރުވެފައިވޭ." އޭނާ ހާމަކުރިއެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ތެރޭގައި  އިތުރު 7 މީހެއްވަނީ މަރުވެފައެވެ.

ޝީޢީންގެ ވެރިކަމެއް އޮންނަ އިރާނަކީ ވަރަށް ގިނަ އަދަދަކަށް ބޮޑެތި ބިންހެލުންތައް އަންނަ ޤައުމެކެވެ. މީގެތެރެއިން އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެންދިޔަ އެއް ބިންހެލުމަކީ ޑިސެމްބަރ 2003 ގައި ބާމް ސިޓީއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެވެ. މި ބިންހެލުމުގައި 31000 މީހުން މަރުވެފައިވެއެވެ.

ބިންހެލުންފަދަ މިފަދަ ބޮޑެތި ކާރިސާތަކަކީ ﷲ ގެ ކޯފާއާއި އަޛާބުގެ ގޮތުގައި ދުނިޔެމައްޗަށް ފޮނުއްވޭ ކަންތައް ކަމުގައި ދީނީ ޢިލްމުވެރިން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *