ދުނިޔެ ލީބިޔާގެ އަސްކަރިއްޔާގެ އިސްޖެނެރަލަކު އަވަހާރަކޮށްލައިފި

ލީބިޔާގެ އަސްކަރިއްޔާގެ އިސްޖެނެރަލަކު އަވަހާރަކޮށްލައިފި

ލީބިޔާގެ އަސްކަރިއްޔާގެ އިސްޖެނެރަލަކު އަވަހާރަކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީބިޔާގެ އަސްކަރިއްޔާގެ އިސްޖެނެރަލެއް ކަމުގައިވާ ޖެނެރަލް މުޙައްމަދް އަލްފިތޫރީ އަވަހާރަކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ޖެނެރަލް  ފިތޫރީ އަވަހާރަކޮށްލާފައިވަނީ ހުކުރުދުވަހު ހުކުރުން ފައިބައިވަޑައިގެން ގެޔަށް ވަޑައިގަތް މަގު މަތީގައި ހަތިޔާރު އެޅިބަޔަކު އައިސް ދިން ބަޑީގެ ހަމަލާއަކުންނެވެ. އޭނާއަށް ހަމަލާދިނުމަށްފަހު ހަތިޔާރު އެޅި މީހުން ފިލާފައިވާކަމަށް މަންދަރުދުއް މީހުން ބުނެއެވެ.

ލީބިޔާގެ ސަރުކާރުން ހާމަކުރައްވާގޮތުގައި ބެންޣާޒީގައި ދިން މިހަމަލާގައި އަވަހާރަވި ޖެނެރަލް ފިތޫރީއަކީ ލީބިޔާގެ އަސްކަރިއްޔާގެ ހަތިޔާރާބެހޭ ޑިޕާޓްމެންޓުގެ އިސްވެރިޔާއެވެ. ޖެނެރަލް ފިތޫރީއަކީ ލީބިޔާގެ ކުރީގެ ރައީސް މަޢަމަރް އަލްގައްޒާފީގެ ވެރިކަމުގައި ގިނަ އަހަރުތަކެއްވަންދެން އެޤައުމުގެ އަސްކަރިއްޔާގެ އެކިމަޤާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ގައްޒާފީއާއި ދެކޮޅަށް އެޤައުމުގެ ރައްޔިތުން ނިކުތުމުގެ މާގިނަ ދުވަސްތަކެއް ނުވަނީސް ޖެނެރަލް ފިތޫރީވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ގައްޒާފީއާއި ދެކޮޅަށް ކުރި ހަނގުރާމައިގައި އިސް ކޮމާންޑަރެއްގެ ރޯލް އަދާކުރައްވާފައިވެ.

މުޙައްލިލުން ހާމަކުރާގޮތުގައި މިއީ އަސްކަރިއްޔާގެ ޖެނެރަލަކަށް ހަމަލާދިން ތިންވަނަ ފަހަރެވެ. އަދި މިއީ ގައްޒާފީއަށް ތާޢީދުކުރާ ޖަމާޢަތްތަކުން ދެމުންގެންދާ ހަމަލާތަކެއް ކަމުގައި ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.