ރާއްޖޭގެ ޚަބަރު 25 ހާސް މީހުންނަށް ހުސްބިމެއްގައި ޢީދު ނަމާދު ކުރެވޭ ގޮތަށް އިންތިޒާމްކުރަނީ

25 ހާސް މީހުންނަށް ހުސްބިމެއްގައި ޢީދު ނަމާދު ކުރެވޭ ގޮތަށް އިންތިޒާމްކުރަނީ

އަޟުޙާ އީދު ނަމާދު 1432

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
 އަޟުޙާ އީދު ނަމާދު 1432

1432 ވަނަ އަހަރުގެ އަޟުހާ ޢީދު ނަމާދު އިސްލާމީ މަރުކަޒު ފުރި ޖުމުހޫރީ މައިދާނުގައި ބަޔަކު ނަމާދު ކުރަނީ. | ދިއިސްލާމް ފޮޓޯ: އަޝްވާގު

25 ހާސް މީހުންނަށް ހުސްބިމެއްގައި ޢީދު ނަމާދު ކުރެވޭ ގޮތަށް ހެދުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާކަމަށް އިސްލާމިކް މިނިސްޓަރ ޝެއިޚް ޝަހީމް ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓާރ ދިއިސްލާމްއަށް ފޮނުއްވި އެސްއެމްއެސް ގައި ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފިތުރު ޢީދު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން މިދަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ. އަދި އެސަރަހައްދުގައި ޢީދު ނަމާދު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. މިނިސްޓާރ ފޮނުއްވި އެސްއެމްއެސްގައި ވަނީ "ޑރ ޒާކިރު ނައިކްގެ ދަރުސް ބޭއްވި ބޮޑު ބިމުގައި މި އަހަރުގެ އީދު ނަމާދު ބޭއްވޭތޯ މިދަނީ މަސައްކަތް ކުރަމުން. އެތަނުގައި އީދު ނަމާދު ބާއްވަނީ އިސްލާމީ މަރުކަޒަށާއި އެހެން މިސްކިތްތަކަށް ލުޔެއް ހޯދަން. އަދި އީދު ދުވަހުގެ އެއްބައިވަންތަކާއި ދިވެހިންގެ އެކުވެރިކަން އާލާކުރުމަށް. އެމައިދާނުގައި އަންހެނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭނެ. އެތަނުން 25،000 މީހުންނަށް ޖާގަ ފަހިވޭތޯ ބަލާނެ." ކަމަށެވެ.

މިނިސްޓާރ ޝަހީމް އިތުރަށް ވިދާޅުވީ އީދު ނަމާދަށް ސްޓޭޑިއަމް ސަރަހައްދު ތައްޔާރު ކުރުމަށް 200 އަށް ވުރެ ގިނަ ޒުވާނުން ހިލޭ ސާބަހަށް ބައިވެރިވާނެ ކަމަށާއި އެސަރަހައްދުގައި ސަތަރި އަޅައި ހިޔާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދު ކުރުން ބޭއްވުމަށްޓަކައި އެ ބިން ދެއްވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި ނަމާދު ކުރިއަށް ދާއިރު އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރާއި މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މިނިސްޓަރގެ އެސްއެމްއެސް އާއި ގުޅިގެން ދިއިސްލާމްއިން ގުޅާލުމުން މިނިސްޓަރ ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ.

ޓެގް

ފިތުރު ޢީދު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.