ދުނިޔެ ލީބިޔާގެ އައު މަޖިލީހުން އެޤައުމުގެ ވެރިޔަކަށް މުޙައްމަދު މަޣާރީފް ހަމަޖައްސަވައިފި

ލީބިޔާގެ އައު މަޖިލީހުން އެޤައުމުގެ ވެރިޔަކަށް މުޙައްމަދު މަޣާރީފް ހަމަޖައްސަވައިފި

ލީބިޔާގެ އައު މަޖިލީހުން އެޤައުމުގެ ވެރިޔަކަށް މުޙައްމަދު މަޣާރީފް ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލަށް އިންތިޙާބު ކުރެވިފައިވާ ލީބިޔާގެ ޤާނޫނު ހަދާ ވަގުތީ މަޖިލީހަށް ބާރު ލިބުނުތާ އެއްދުވަސްވީ ފަހުން އެޤައުމުގެ ރައީސަކަށް ކުރީގެ އިދިކޮޅު ޕާޓީގެ އެކްޓިވިސްޓް މުޙައްމަދު މަޣާރީފް ހަމަޖައްސަވައިފިއެވެ.

ކުރިއަށް އޮތް އަހަރު ޤާނޫނު އަސާސީއެއް ޑްރާފްޓް ކުރެވެންދެން ރައީސް ކަމާއި ހަވާލުވުމަށްފަހު މަޣާރީފް ބޮޑު ވަޒީރެއް އައްޔަންކުރެއްވުމަށްފަހު ޤައުމު ހިންގެވުމާއި ހަވާލުވެވަޑައިގަންނަވަން ޖެހޭނެއެވެ.

މަޣާރީފްއަކީ ހުޅަނގުން ޤަބޫލުކުރާ "މޮޑެރޭޓް" މުސްލިމެއްކަމުގައި ބެލޭވޭ މީހެކެވެ. އަދި 200 މެންބަރުން ހިމެނޭ ޤާނޫނު ހަދާ މަޖިލީހަށް އިންޓެރިމް ނޭޝަނަލް ޓްރާންސިޝަނަލް ކައުންސިލުން (އެންޓީސީ) ބާރު ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މިދިޔަ އަހަރު އެޤައުމުގައި ވެރިކަމަށް ގެނައި ބަދަލާއި އެޤައުމުގެ އޭރުގެ ރައީސް މުޢައްމަރު ގައްޛާފީ މަރާލުމާއި އެކު އުފެދިގެން އައި އެންޓީސީމިހާރުވަނީ އުވިގެން ގޮސްފައެވެ.

ވެރިކަމުން އެންޓީސީގެ ވެރިޔާ އިސްތިއުފާ ދިނުމާއި ގުޅިގެން ސެންޓްރަލް ޓްރިޕޮލީގައި އެއްވެފައިތިބި މީހުންތައް ވަރަށްބޮޑަށް އުފާ ފާޅުކުރިއެވެ. މިއީ ލީބިޔާގެ މިޒަމާނުގެ ތާރީޚުގައިވެސް ސުލްޙަވެރިކަމާއި އެކު ވެރިކަން ބަދަލުވެގެން އައި ފުރަތަމަ ފަހަރެވެ.

ލީބިޔާގެ މިހާރުގެ ޤާނޫނު ހަދާ މަޖިލިސް އިންތިޙާބު ކުރެވިފައިވަނީ 7 ޖުލައިގައެވެ. މިއީ އެތައް ޤަރުނަކަށް ފަހު މިޤައުމުގައި މިނިވަން އަދި ހަމަހަމަ އިންތިޙާބެއް ބޭއްވުނު ފުރަތަމަ ފަހަރެވެ. އަދި މަޖިލީހުގައި ހިމެނެނީ މިނިވަން މެންބަރުންނާއި އަދި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނެވެ.

ސިޔާސީ ޕާޓިތަކަށް މަޖިލީހުގައި ހިމެނިފައިވާ 80 ގޮޑީގެ ތެރެއިން ކުރީގެ ވަގުތީ ބޮޑުވަޒީރުގެ ޕާޓީ ސެކިއުލަރ ނޭޝަނަލް ފޯރސަސް އެލިޔަންސްއިންވަނީ 39 ގޮޑި ކާމިޔާބު ކޮށްފައެވެ.  މިއީ އެހެން ހުރިހާ ޕާޓިތަކަކަށްވުރެ ގިނަ އަދަދެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.