ދުނިޔެ މުސްލިމު ޑްރައިވަރަކު ނަމާދުކުރަނިކޮށް އޭނަގެ ޓެކްސީގައި ބަޔަކު ރޯކޮށްލައިފި

މުސްލިމު ޑްރައިވަރަކު ނަމާދުކުރަނިކޮށް އޭނަގެ ޓެކްސީގައި ބަޔަކު ރޯކޮށްލައިފި

މުސްލިމު ޑްރައިވަރަކު ނަމާދުކުރަނިކޮށް އޭނަގެ ޓެކްސީގައި ބަޔަކު ރޯކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސިވިލާތުގެ ޝެފީލްޑްގެ މުސްލިމު ޑްރައިވަރަކު ޓެކްސީ ޕާކުކޮށްލާފައި ނަމާދަށް ދިޔަ ވަގުތު އޭނާގެ ޓެކްސީގައި ބަޔަކު ރޯކޮށްލައިފިއެވެ.

އުމުރުން 40 އަހަރު މުޙައްމަދު މިއާ ހާމަކުރިގޮތުގައި އޭނާ ޝެފީލްޑްގެ އާލިޔާ މިސްކިތަށް ފަތިސް ނަމާދަށް ވަން ގަޑީގަ އޭނާގެ ކާރުގައި ބަޔަކުވަނީ ހުޅުޖަހާފައެވެ.

ދެކުދިންގެ ބައްޕައެއްކަމުގައިވާ މިއާ މަޢުލޫމާތުދިންގޮތުގައި އޭނާގެ ޓެކްސީ މިހާރު ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައެވެ. އަދި އޭގެ ސަބަބުން އޭނާއަށް މިހާރުގެންދަނީ ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވަމުންނެވެ.

އޭނާ ހާމަކުރިގޮތުގައި ފުލުހުން އެމައްސަލަ މިހާރުދަނީ ތަޙްޤީޤްކުރަމުންނެވެ. އަދި އޭނާ ބުނިގޮތުގައި ޒުވާންފުރައިގެ ގްރޫޕަކުން އޭނާ ނަމާދަށް ވަން ގަޑީގައި "އަލިފާން" "އަލިފާން" ގޮވަގޮވާ ތިއްބެވެ.

"މިސްކިތުގައި އެވަގުތު ތިބީ 60 ހަކަށް މީހުން. އަލިފާނޭ އަލިފާނޭ ކިިޔާ އަޑަށް ބޭރަށް ނިކުތް އިރު ކާރު އަނދައި ހުލިވަނީ. އޭރު އެތަނުގައި 10 ޒުވާން ފުރައިގެ ކުދިން ތިބި. އެއީ އެހިސާބުގަޑުން މީގެ ކުރިން އަޅުގަނޑަށް ފެންނަ ގްރޫޕެއް ނޫން،" މިއާ ކިޔައިދިނެވެ.

މުސްލިމުންނަށް އަމާޒުކޮށްގެން ހުޅަނގުގެ ޤައުމުތަކުގައި މިހާރަކަށް އައިސް މިފަދަ ޖަރީމާތައް ހިންގަމުންދާލެއް ވަރަށް ބޮޑުތަން ގިނަވެފައިވާކަމަށް މުޙައްލިލުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.