އަރަބިދުނިޔެދުނިޔެ

ޔަމަނުގައި ގައިގަ ބޮން ހަރުކޮށްގެން މީހަކު ދިން ހަމަލާއެއްގައި 45 މީހުން މަރުވެއްޖ

ހޮނިހިރު ދުވަހު ޔަމަނުގެ ދެކުނު އަވަށެއްކަމުގައިވާ އަބްޔާން ޕްރޮވިންސްގެ ޖާރްގައި އޮތް ޖަނާޒާއެއްގައި ގައިގަ ބޮންހަރުކޮށްގެން ހުރި މީހަކު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 45 މީހުން މަރުވެ އަދި 40 އަށްވުރެ ގިނަ މީހުން ޒަޙަމްވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަސްކަރިއްޔާގެ އޮފިޝަލުންނާއި އާންމުން ހާމަކށްފައިވާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީީ ޖޫން މަހު ޔަމަނުގެ ސަރުކާރަށް ލިބިގެންދިޔަ ބޮޑު ނަސްރުގައި އިސްލާމިސްޓް ހަނގުރާމަވެރިންނާއި ދެކޮޅަށް ޔަމަނުގެ އަސްކަރިއްޔާއާއި ބައިވެރިވި ގަބީލާތަކުގެ މީހުންނަށްކަމަށެވެ.

ހަނގުރާމަވެރިންގެ އަތްދަށުން އަސްކަރިއްޔާއަށް ޖާރް ލިބިގެންދިޔައީ މެދުކެނޑުމެއްނެތި 2 މަސްދުވަގެ ހަނގުރާމައަށް ފަހު ޖޫންމަހުގައެވެ.

އޮފިޝަލުން ވަނީ މި ހަމަލާ ތަޙްޤީގަށް ހުޅުވާލައި މަރުވި މީހުންގެ އަދަދު ޔަޤީންކޮށް ބެލުމަށާއި މި " ފިޑި އަދި ކުށްވެރި"  ހަމަލާދިން މީހާއަކީ ކާކުތޯ ހޯދާ ބެލުމަށްކަމަށް ޑިފެންސް މިނިސްޓްްރީގެ ވެބްސައިޓްގައި ޕޯސްޓްކޮށްފައިވާ ސްޓޭޓްމަންޓެއްގައި ޕްރޮވިންސްގެ ގަވަރނަރ ޖަމާލް އަލް އަގާލް ހާމަކޮށްފައިވެއެވެ.

ބުދަ ދުވަހު ޖާރް އަވަށުގައި އަލްޤައިދާގެ ހަނގުރާމަވެރިން ފުލުސް އޮފީހަކަށް ދިން ހަމަލާއެއްގައި 2 ފުލުހުންނާއި އާންމު ރައްޔިތެއްވަނީ މަރުވެފައެވެ. ހަނގުރާމަވެރިން މި އަވަށް އެމީހުންގެ ބާރުދަށަށް ގެންގޮސްފާނެތީ އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އަސްކަރިއްޔާގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި ހޮނިހިރު ދުވަހު އިރުދެކުނު ހަދްރަމައުތް ޕްރޮވިންސްގައި އަލްޤައިދާގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ 5 މީހެއްވަނީ އެމީހުންގެ އުޅަނދަށް ދިން ހަމަލާއެއްގައި މަރާލާފައެވެ.

އޮފިޝަލުން މިވާހަކަތައް ހާމަކޮށްފައިވަނީ ކާކުކަން ނޭގޭގޮތަށްކަމަށްވެއެވެ. އެއީ މީޑިޔާއަށް މަޢްލޫމާތު ދިނުމަކީ އެމީހުންނަށް ހުއްދަވެގެންވާކަމެއްނޫނެވެ.

މިއަހަރު ޔަމަނުގެ ވެރިކަމާއި ހަވާލުވި އަބްދުރައްބު މަންސޫރު ހާދީ އެތަށް ފަހަރެއްގެ މަތިން ހަނގުރާމަވެރިންނާއި ކުރިމަތިލައްވާނެކަމަށް ވަޢުދުވެފައިވަނިކޮށް އަލްޤައިދާއިން ޔަމަނުގެ ސަލާމަތީ ބާރުތަކަށް އެތައް އަނިޔާވެރި ހަމަލާތަކެއްވަނީ އަމާޒުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *