އޭޝިއާދުނިޔެ

އެމެރިކާގެ ޑްރޯން ހަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ މުސްލިމުން ބިރުވެރިކަމެއްގެ ތެރޭގައި

އެމެރިކާއިން ޕާކިސްތާނުގެ ޤަބީލާ ހިސާބުތަކަށް ޑްރޯން ބޭނުންކޮށްގެން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެސަރަހައްދުތަކުގައ ދިރިއުޅެމުންގެންދާ މުސްލިމުންވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި ރަމަޟާންމަހުގެ ތަރާވީޙް ނަމާދުކުރުމަށް މިސްކިތްތަކަށް ދިއުމަށް ރައްޔިތުން ޖެހިލުންވާކަމުގައި އޮންއިސްލާމް ނޫހުން ހާމަކޮށްފިއެވެ.

"މިއީ ވަރަށް ހިތާމަހުރިކަމެއް. ނަމަވެސް މިއީ ޙަޤީޤަތަކީ. ޑްރޯންގެ ހަމަލާތަކުގެ ސަބަބުން އަޅުގަނޑުމެންނަކަށް ނުކެރޭ ތަރާވީޙް ނަމާދުކުރުމަށް މިސްކިތްތަކަށް ދާކަށް،" އުތުރު ވަޒަރިސްތާނުގެ ދަޓަޚަލް އަވަށުގެ ރައްޔިތެއްކަމުގައިވާ ރާހަތު ދާވަރު އޮންއިސްލާމްއަށް މަޢުލޫމާތުދިނެވެ.

މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒަރިސްތާނުގެ ހިސާބުތަކަށް އެމެރިކާއިން ދެމުންގެންދާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެހިސާބުގެ އެތަކެއް ސަތޭކަ މުސްލިމުންނެއް ވަނީ މަރުވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި މުސްކުޅިންވެސް ހިމެނެއެވެ.

"ޑްރޯން ހަމަލާތައް އަމާޒުކުރަނީ ތާލިބާނުންގެ މަޖްލިސްތަކަށްކަމަށް އެމެރިކާއިން ދައުވާކުރަނީ. ނަމަވެސް ދުވަހަކުވެސް އެހަމަލާތަކުގައި އާންމު ރައްޔިތިން ނޫން މީހުން މަރުވާތަނެއް ނުފެނޭ،" ދާވަރު ކިޔައިދިނެވެ.

އެމެރިކާއިން ވަޒަރިސްތާނަށް ދެމުންގެންދާ ޑްރޯން ހަމަލާތަކުގައި ހަމައެކަނި މިއަހަރުގެ މިވޭތުވެދިޔަ ހަތްމަސްދުވަހުގެ ތެރޭގައިވެސް 300 އަށް ވުރެ ގިނަ މުސްލިމުން މަރުވެފައެވެ. އަދި އެމެރިކާގެ މިޓެރަރިސްޓް ހަމަލާތަކުގެ އަމާޒަކަށް މިސްކިތްތައް ވާކަމީވެސް ރައްޔިތުންވަރަށް ބޮޑަށް ކަންބޮޑުވާކަމެކެވެ. ޕާކިސްތާނުންވަނީ މިހަމަލާތައް ފާޅުގައި ކުށްވެރިކޮށްފައެވެ.

"ރޭގަނޑެއް ދުވާލެއް ނޯވޭ. އެޑްރޯންތައް ބޯމަތިން އުދުހޭތަން އަބަދުވެސް ފެނޭ. ނޭނގޭ ކޮން އިރަކުކަމެއް އަޅުގަނޑުމެންނާއި ދިމާލަށް ހަމަލާއެއް އަންނާނީ،" ދާވަރު ހާމަކުރިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ