ސުފުރާ ޑެވިލްޑް ޗިކަން

ޑެވިލްޑް ޗިކަން

ޑެވިލްޑް ޗިކަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި

2 ޖޯޑު ހުންނަހާ ކުކުޅު މަސް
2 ފިޔާ ބޮޑެތިކޮށް ކޮށާފައި
2/1 ޖޯޑު ހުންނަހާ ލީކްސް ( ކޮށާފައި)
2 ޓޮމާޓޯ ( ގޮޅިގޮތަށް ބޮޑެތިކޮށް ކޮށާފައި)
3 ގްރީން ޗިލީ ( ހަނިދިގަށް ފަޅިފަޅިކޮށްފައި)
1 ފަޅި ބެލް ޕެޕަރ ( ކޮށާފައި)
2/1 ޖޯޑު ޓޮމާޓޯ ސޯސް
2/1 ޖޯޑު ޗިލީ ސޯސް
1 ސައިސަމުސާ ލޮނުމެދު ( ގާނާފައި )
1 ސައިސަމުސާ އިނގުރު ( ގާނާފައި )
ހިކަނދިފަތް
2/1 ސައިސަމުސާ އަޖިނަމޮޓޯ
3/1 ސައިސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ކޯން ފްލަރ
2 ބިސް
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް

ބިސް ގިރާފައި ކޯންފްލަރ، ސޯޔާ ސޯސް،ލޮނު، އަސޭމިރުސް،އެއްކޮށްފައި ކުކުޅުގައި ހާކާފައި ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮ އަޅާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮ ކެކިގަތުމުން ބޭރަށް މަޑު މުށި ކުލަ އަރާވަރަށް ތެލުލާށެވެ.  އެހެން ތަވައެއް އުނދުން މައްޗަށް އުދާލުމަށްފަހު  ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ ،ބެލް ޕެޕަރ، މިރުސް، ހިކަނދިފަތް، އެއްކޮށް އަޅާލާފައި ކުޑަކޮށް ހަނާވީމާ ބާކީހުރި ( ކުކުޅު ފިޔަވައި ) ހުރިހާ ބާވަތް ތައް ފަހަރަކު ބާވަތެއް އަޅާލާފައި ކުޑަކޮށް ކެކުމުން ކުކުޅުއަޅާ ކުކުޅުގައި ރަހަހިފުމުން އުނދުން މަތިން ބާލާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.