ދުނިޔެ

ސީރިޔާއަށް ކަނޑައަޅުއްވާފައިވާ ސުލްޙައިގެ މަންދޫބުކަމުން ކޯފީ އަނާން ވަކިވެވަޑައިގެންފި

ސީރިޔާއަށް ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ސުލްޙައިގެ މަންދޫބު ކުރީގެ އދ ގެ ސެކްރެޓެރީ ޖެނެރަލް ކޯފީ އަނާން މިމަޤާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ. މިގޮތަށް އަނާން ނިންމެވީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުއާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ވަރުގަދަވަމުން އައުމުގެ ސަބަބުން އދ އަށް މީހުންގެ ނުރުހުން އަމާޒުވުމާއި ގުޅިގެން މިކަމާއި ހިތްހަމަނުޖެހިގެންކަމަށްވެއެވެ.

ބުރާސްފަތި ދުވަހު ސީރިޔާގެ ޙަލަބްގައި ބައްޝާރުގެ ސިފައިންނާއި އިނދިކޮޅު ފަރާތްތަކާއި ދެމެދު ހިނގާދިޔަ ކުރިމަތުލުން ތަކުގައި ހަނގުރާމަމަތީ އުޅަނދުތަކާއި ހަތިޔާރުތައް ބޭނުންކޮށްފައިވުމާއި ގުޅިގެން މިމަސްނިމެންވާއިރަށް އަނާންމި މަޤާމުން ވަކިވެވަޑައިގަންނަވާނެކަމަށް އދ ގެ ސެކްރެޓެރީ ޖެނެރަލް ބަންކީ މޫން ވަނީ އިޢުލާންކުރައްވާފައެވެ.

"އެންމެއުނދަގޫ އަދި މުހިންމު މަސައްކަތްތަކުގައި ކޯފީ އަނާން އޭނާގެ ހުނަރާއި ޤާބިލުކަން ބޭނުންކޮށްފައިވާގޮތާއި މެދު އަހަރުމެންގެ އިޙްތިރާމާއި ލޯތްބާއި ޝުކުުރު އޭނާއަށް ޙައްޤު." ބަންކީ މޫން ހާމަކުރިއެވެ. ކޯފީ އަނާންއަށް ފަހު މިމަޤާމާއި ހަވާލުވާނެ ފަރާތަކާއި މެދު މިހާރުވާހަކަތައްދަނީ ދެކެވެމުންނެވެ.

އޭޕްރިލް މަހު ފެށިގެންއައި މިހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ދިއުމުގެ ސަބަބުން ދިމިޝްޤުގަޔާއި ޙަލަބް އަދި އެހެން ހިސާބުތަކުގައި ހަނގުރާމަ އިތުރުވެފައިވާތީ އަނާންގެ މިޝަން ނާކާމިޔާބު ވެފައިވާކަމަށް ޤަބޫކުކުރެވޭކަމަށްވެއެވެ.

އަނާން މަޤާމުން ވަކިވި ސަބަބަކަށްވަނީ އދ ގެ ސެކިއުރިޓީ ކައުންސިލަށް "އިނގިލިތައް ދިއްކުރުމާއި ނަންނަމުން ކިޔާ ހެދުން" ކަމަށް ބުނެފައިވާއިރު އޭނާ އަށްފަހު މިމަޤާމާއި ހަވާލުވާ ފަރާތަކަށް ރަނގަޅު ނަސީބެއްލިބިދާނެކަމަށް ބުނެފައިވެއެވެ.

އަނާންގެ މިނިންމުމާއިމެދު ސީރިޔާއިންވެސްވަނީ ހިތާމަ ފާޅުކޮށްފައެވެ.

"ހަނގުރާމަ އިތުރަށް ހޫނުވެގެންދިޔުމާއި ސެކިއުރިޓީ ކައުންސިލްގައި އެއްބައިވަންތަކަން ކުޑަވުމުގެ ސަބަބުން އަހަރެންގެ ދައުރު އެންމެ ރަނގަޅުގޮތުގައި އަދާކުރުމަށް ހުރަސްއެޅުނު." އަނާން ރިޕޯޓަރުންނަށް މަޢްލޫމާތު ދިނެވެ.

"ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ފައިބަންޖެހޭނެކަން އެއީ ހަމަ ކަށަވަރުކަމެއް." އަނާން ހާމަކުރިއެވެ.

އަނާންއަށްފަހު މިމަޤާމާއި ހަވާލުވާނެ ފަރާތަކާއިމެދު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާކަމަށް ބަންކީ މޫންގެ ތަރުޖަމާނު މާޓިން ނެސަރކީ ބުނެފައިވެއެވެ. ނަމަވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ