ރާއްޖޭގެ ޚަބަރުވިޔަފާރި

ފެލިވަރުގެ މަސް ފިހާރައެއް މާލޭގައި ހުޅުވައިފި

ފޮޓޯ: މިއަދު ނޫސް

ފެލިވަރު މަސް ކުންފުނިން މާލޭގައި ހުޅުވި ފުރަތަމަ ފިހާރަ ހުޅުވައިފިއެވެ. މިފިހާރަ ހުންނަނީ މިފްކޯގެ މަސްފިހާރައާއި ޖެހިގެން ހުޅަގަށެވެ.

މިފިހާރަ ހުޅުވުމުގެ މަޤްސަދަކީ އާންމުނަށް ވީހާވެސް ހެޔޮ އަގެއްގައި މަހުގެ ބާވަތްތަށް ފޯރުކޮށްދިނުން ކަމުގައި ފެލިވަރު ކުންފުނިން މަޢުލޫމާތުދެއެވެ. އަދި މިފިހާރައަކީ މިވަގުތު މާލޭގައި އެންމެ އަގު ހެޔޮކޮށް މަސްދަޅުކޭސް ލިބެންހުރިކަމަށް ފެލިވަރު ފިހާރައިން ބުނެއެވެ. އެގޮތުން ތެޔޮ މަސްދަޅެއް 17.10 އަށް ހުރި އިރު ތެޔޮމަސް ކޭހެއް 821 ރުފިޔާއަށެވެ. އަދި ފެން މަސްދަޅެއް 12.90 ހުރިއިރު ކޭހެއް 619 ރުފިޔާއަށެވެ. މިއީ 48 ދަޅު ހިމެނޭ ކޭސްތަކެވެ. މީގެ އިތުރުން ކުކުޅު ބިސް އަދި ކާށި ވެސް ލިބެން ހުރެއެވެ.

މިފިހާރައިން މަޢުލޫމާތު ދިން ގޮތުގައި މިތަނުން ވިއްކާ ހުރިހާ މުދަލެއްވެސް ވަނީ ޖީއެސްޓީ ނުލާއެވެ. އަދި ހޯލްސޭލްކުރަމުން ދާނެކަމަށާއި ގަޑުކޮށް ނަންގަވާފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ވ ސަޅި
    އޮބި ނޯވެ

  2. ހަބޭސް

Your email address will not be published. Required fields are marked *