ދަރުސް ޚަބަރު މާދަމާ ރޭގެ ދަރުސް ބައެއް ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާނެ

މާދަމާ ރޭގެ ދަރުސް ބައެއް ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާނެ

މާދަމާ ރޭގެ ދަރުސް ބައެއް ޗެނަލްތަކުން ވަގުތުން ދުރަށް ފޮނުވާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާ ރޭ އަލިމަސްކާނިވަލް ސްޓޭޖްގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިޙުން  ބާއްވާ ޖަލްސާ  ރާއްޖޭގެ ބައެއް މީޑިޔާތަކުން ލައިވް ކުރަން ހަމަޖެހިފައިވާކަމަށް އަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ.

މިދަރުސް ވަގުތުން ވިލާޓީވީ އިންނާއި މޯލްޑިވުސް މީޑިޔާ ކޮމެޕެނީގެ 2  ޗެނަލް ކަމުގައިވާ ދި ފެމް އާއި ދިޓީވީ އިން ވަގުތުން ދުރަށް ފޮނުވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައެވެ. މިޖަލްސާގައި ޢަދާލަތު ޕާޓީގެ ޢިލުމްވެރިންގެ މަޖިލީހުގެ ނައިބުރައިސް އައްޝައިޚް އިލްޔާސް ޙުސައިންގެ ވަރަށް ޚާއްޞަ ދަރުސެއް އޮންނާނެއެވެ.

މިޢީ ޢަދާލަތު ޕާޓީ އިން ބާއްވާ ދަރުސެއް މީޑިޔާ ކޮމެޕެނީގެ ޗެނަލްއިން ވަގުތުން ދުރަށް ފޮނުވާ ފުރަތަމަ ފަހަރެވެ. އަދި މިދަރުސް މާލޭގައި ބާއްވާ ހުރިހާ ދަރުސްތަކެއް ޢާއްމުކޮށް ވަގުތުންގެނެސްދޭ ރޭޑިޔޯ ޗެނަލްކަމުގައިވާ ރޯޑިޔޯ އެޓޯލް އިންވެސް ވަގުތުން ދުރަށް ފޮނުވާގޮތައް ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީން ހާމަކުރައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.