އޭޝިއާދުނިޔެ

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ޤަތުލުއާންމުތައް ތަޙްޤީޤްކުރުމަށް އދ.އިން ގޮވާލައިފި

ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ބުދިސްޓުން ހިންގަމުން އަންނަ ޤަތުލުއާންމުތައް ތަޙްޤީޤްކުރުމަށް އދ.އިން ގޮވާލައިފިއެވެ.

 އދ.ގެ އިންސާނީ ޙައްޤުތަކާއިބެހޭ ހައިކޮމިޝަނަރ ނަވި ޕިއްލޭ ހާމަކުރިގޮތުގައި ރަޚީން ސަރަޙްއްދުގައި ހިނގަމުން އަންނަ ހަމަނުޖެހުން ބަރުމާގެ ސަލާމަތީ ބާރުތަކުން ފަށާފައިވާ މަސައްކަތް އެއީ މުސްލިމުންނާއި ދެކޮޅަށް ހިންގޭ ލާއިންސާނީ ޖަރީމާތަކަށް މިހާރުވަނީ ބަދަލުވެފައެވެ.

 "ސަލާމަތީ ބާރުތަކުން އެޤައުމުގެ މުސްލިމު އަބާދީއާއި ދެކޮޅަށް ހިންގަމުން އަންނަ އަނިޔާވެރި ޢަމަލުތަކަށް ހިތްވަރުދެމުން އަންނަކަށާއި އަދި އެކަމުގައި ޢަމަލީގޮތުން ބައިވެރިވަމުންދާކަމަށް އަޅުގަނޑުމެންނަށް މިނިވަން މުސްތަޤިއްލު ފަރާތްކުންދަނީ ރިޕޯޓްތައް ލިބެމުން،" ނަވި ޕިއްލޭ މަޢުލޫމާތު ދިނެވެ.

 ޕިއްލޭގެ އިދާރާއިން ހާމާކޮށްފައިވާގޮތުގައި ރަސްމީކޮށް ބަރުމާގެ ޙާލަތު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޖޫން މަހުގެ ކުރީކޮޅު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ބުދިސްޓުން ހިންގާފައިވާ ޤަތުލުއާންމުގައި 80 ވަރަކަށް މުސްލިމުން މަރާލެވިފައިވާއިރު 70،000 މީހުންގެ ގެދޮރުވަނީ ހަލާކުކޮށްލާފައެވެ. އެހެން ފަރާތްތަކުން ބުނަނީ މަރުވިމީހުންގެ ޢަދަދު މިއަށްވުރެވެސް ގިނަވާނެކަމަށެވެ.

 ޕިއްލޭވަނީ ބަރުމާގެ ސަރުކާރަށް މި އަނިޔާވެރި ހަރަކާތްތައް ހުއްޓުވައި މިކަމަށް އަދަބު ދިނުމަށް ބާރުއަޅާފައެވެ. އަދި ޕިއްލޭ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރޮހިންގިޔާއާއި ދެކޮޅަށް ސްޓޭޓް އަދި މިނިވަން މީޑިޔާ ތަކުންނާއި ސޯޝަލްނެޓްވާރކްތަށް ބޭނުންކުރާ ބައެއް ފަރާތްތަކުން ގެންގުޅެފައިވާ ދަށުދަރަޖައިގެ ބަހުރުވައަކީ އޭނާ ވަރަށްހިތާމަކުރާކަމެއްކަމުގައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ފުރިހަމަ މުސްލިމެއްގެ ނަޒަރުން ބަލައިފިނަމަ ޕިއްލޭ އެބުނީވެސް ތެދެކެވެ. އެކަމަކު ޕިއްލޭކައިރިން އަހާލަންބޭނުންވަނީި ޕިއްލޭ މަންމަ އެގޮތައް ކަތިލާތަންބަލަން ޕިއްލޭއަށް ހެވިފާހުރެވޭނެބާއެވެ.

Your email address will not be published. Required fields are marked *

More in އޭޝިއާ