ބިންގަރާސް ތެރޭގައި ތާށިވެފައިތިބޭތާ 69 ދުވަސްފަހުން އެންމެން ސަލާމަތް ކޮށްފިއެވެ.
އޮގަސްޓް 5 ވަނަ ދުވަހުން ފެށިގެން ބިމުގެ އަޑީގައި ތާށިވެފައިތިބި 33 މީހުންގެ ތެރެއިން ފަހަރަކު މީހަކު ނަގަންގޮސް އެންމެ ފަހު މީހާ ވަނީ މިއަދު ނަގާފައެވެ. ޗިލީގައި ބިންގަރާސް ކޮނެގެން މައުދަންފަދަ ތަކެތި ނަގަންއުޅެނިކޮށް ވެލިފައިބާ ބިންގަރާސް ބެދިގެން ތާށިވެފައިތިބި މިމީހުން ތާށިވެފައިވަނީ 600 މީޓަރު ބިމުގެ އަޑީގައެވެ. މިމީހުންތައް ނަގާފައިވަނީ ކެޕްސޫލެއްގެ ތެރޭގައި ބަހައްޓައިގެންކަމަށާއި ކޮންމެ މީހެއް ނެގުމުގައި ގަޑިއިރެއް ހޭދަވެފައިވާކަމަށް ހަބަރު ލިބެއެވެ.
ދުނިޔޭގެ ތާރީހުގައި މިފަދަ ގޮތަކަށް، މިހާ އަޑީގައި ތާށިވެ ސަލާމަތްކުރެވުން މިއީ ފުރަތަމަ ފަހަރެވެ. ސަލާމަތްވި މީހުން ބުނާގޮތުގައި "ދެވަނަ ފަހަރަށް ދުނިޔެއަށް އައިކަމުގެ އިހްސާސް ކުރެވޭ" ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...