ސުފުރާ ޓޫނާ ބާރގަރ

ޓޫނާ ބާރގަރ

ޓޫނާ ބާރގަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

3 ބަނަސް ( ބާރގަރ ބަނަސް)
2 ފޮތި ފެހިޓޯމާޓޯ
1 ލެޓިއުސްފަތްކޮޅު ( ބަނަހުގެ ސައިޒަށް ކަފާފައި އޮތް)
3 ފޮތި ކިއުކަމްބަރ
2 މޭޒުމަތީ ސަމުސާ ޓޮމާޓޯސޯސް
2 މޭޒުމަތި ސަމުސާ މެޔޮނައިސް

ރޯމަސް ( މިކްސްޗަރުން ހިމުން ކޮށްފައި )

1 ފިޔާ ( ތުނިކޮށް ކޮށާފައި )

2 /1 ސައިސަމުސާ މުގުރި އަސޭމިރުސް

1 މިރުސް ( ކުދިކޮށް ކޮށާފައި )

2 ސައިސަމުސާ ކޯންފްލާރ
ލޮނުކޮޅެއް

ތެޔޮ

1 ބިސް

ފާރޮށި ކުނޑި

ތައްޔާރުކުރާނެ ގޮތް

މަސްގަނޑު ހެދުމައް ފުރަތަމަ ކުޑަ ތެޔޮ ފޮދެއްގައި ފިޔާ އަދި މިރުސް ރަތްކޮށްލާށެވެ. ފިޔާކޮޅު ވަކިން އެއްޗަކަށް ނެގުމައްފަހު އަސޭމިރުސް، ލޮނު، ކޯންފްލާރ އަދި މަސް އަޅާ މޮޑެލާށެވެ. އެއަށްފަހު މަސްރޮށިގޮތަށް ވަށްކޮށް ފަތާކޮށް ޖަހާލާފައި ބިހުގެ ތެރެއައް  ލައްވާފައި ފާރޮށި ކުނޑި ހޭކެއްވުމައްފަހު ތެލުލައްވާށެވެ.

ދެން ބަނަސް މުޅިން ވަކިނުވާގޮތަށް މެދުން ދެފަޅިކޮށްފައި ސޯސް އަދި މެޔޮނައިސް އެއްކުރުމައްފަހު ބަނަހުގެ ދެފަޅީގައި ހާކާލާށެވެ. އެއަށްފަހު ލެޓިއުސް ފަތްކޮޅު އަތުރާލާފައި މަސްފޮތި ބާއްވާފައި މަސްފޮތީގެ މައްޗަށް ޓޮމާޓޯ އަދި ކިއުކަމްބަރ ފޮއްޗެއްބާއްވާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.