ސުފުރާ ޓޫނާ ޕިއްޒާ

ޓޫނާ ޕިއްޒާ

ޓޫނާ ޕިއްޒާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި

250 ގ. ފުށް
1 މޭޒުމަތީ ސަމުސާ ބަޓަރ
1 ސައިސަމުސާ ހިކިކިރު
1 ސައިސަމުސާ ހަކުރު
1 ސައިސަމުސާ އިންސްޓަންޓް ކިރު
2 ޓޮމާޓޯ ( ފޮތިކޮށްފައި)
2 ފިޔާ ( ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޕީލްޑް ޓޮމާޓޯ
3 /1 ސައިސަމުސާ މުގުރި އަސޭމިރުސް
2 /1 ސައިސަމުސާ އަޖިނަމޮޓޯ
1 ރޯމަސް ކުދިކޮށް ކޮށާފައި (ނުވަތަ ދަޅު މަސް )
1 ޖޯޑު ( ޗީޒް ( ގާނާފައިހުރި)
ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުށާއި އީސްޓް ، ބަޓަރ، ކިރު ، ހަކުރު އެއްކޮށްފައި ތާފަނާފެނުން ފުށްގަނޑު މޮޑެފައި މަތި ބަންދުކޮށްފައި ބާއްވާށެވެ. ދެން ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، ޕީލްޑް ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު، އަސޭމިރުސް އެއްކޮށް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. ޓްރޭގައި ބަޓަރުކޮޅެއް ހާކާލަފައި ފުށްގަނޑު 3 / 1 އިންޗީގެ ބޯމިނަށް ފަތުރާލާފައި މަސްގަނޑު ފަތުރާލާށެވެ. ޓޮމާޓޯ ފޮތިތައް އަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.