އެފްރިކާދުނިޔެ

ގާނާގެ ރައީސް ޖޯން އައްޓާ މިލްސް އަވަހާރަވެއްޖެ

ހުޅަނގު އެފްރިކާގެ ޤައުމެއްކަމުގައިވާ ގާނާގެ ރައީސް ޖޯން އައްޓާ މިލްސް އަވަހާރަވެއްޖެއެވެ.

ޑިސެމްބަރ 2010ގައި ގާނާގައި ތެޔޮ އުފެއްދުމުގެ ބޮޑު މަޝްރޫޢުއެއް ބަލަހައްޓަން ފައްޓަވާފައިވާ 68 އަހަރުގެ ރައީސް މިލްސްވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މެޑިކަލް ޗެކަޕްއެއް ހައްދަވާލެއްވުމަށް އެމެރިކާއަށް ވަޑައިގެންފައެވެ. ގާނާގެ ސަރުކާރުން ރައީސް މިލްސް އަވަހާރަވެވަޑައިގަންނަވަން ޖެހުނު ސަބަބު ހާމަކޮށްފައި ނުވިނަމަވެސް އެޤައުމުގެ ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އެމަނިކުފާނު އަވަހާރާވީ އާލާސްކަންފުޅާ އުޅުއްވަނިކޮށެވެ.

ޤައުމުގެ ރައީސް އިސްތިއުފާދެއްވައިފިނަމަ ނުވަތަ އަވަހާރަވެއްޖެނަމަ ގާނާގެ ޤާނޫނުއަސާސީގައި ބުނާގޮތުން ދެން ވެރިކަމާއި ހަވާލުވެވަޑައިގަންނަވަން ޖެހޭނީ އެޤައުމުގެ ނައިބު ރައީސްއެވެ. މިގޮތުގެ މަތިން އިއްޔެވަނީ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ނައިބު ރައީސް ޖޯން ޑްރަމާނީ މަހަމާ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. ރައީސް މިލްސްގެ ދައުރު ހަމަވެވަޑައިގަންނަވަންދެން ގާނާގެ އައު ރައީސް ޑްރަމާނީ މަހަމާ ވެރިކަމުގައި ހުންނަވާނެއެވެ.

"އަޅުގަނޑު ގާނާގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ކަންބޮޑުވެވަޑައިނުގެންނެވުމަށް. ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް. އަޅުގަނޑުމެން ޤައުމުގެ ސުލްހަ މަސަލަސްކަން ނަގަހައްޓާނަން،" އައު ރައީސް ޑްރަމާނީ މަހަމާ ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *