ދުނިޔެ ކުރީގެ ފެނާއިބެހޭ ވަޒީރު ހިޝާމް ކަންދިލް މިސްރުގެ ބޮޑުވަޒީރަކަށް އައްޔަންކުރުމަށް ރައީސް މުރްސީ ނިންމަވައިފި

ކުރީގެ ފެނާއިބެހޭ ވަޒީރު ހިޝާމް ކަންދިލް މިސްރުގެ ބޮޑުވަޒީރަކަށް އައްޔަންކުރުމަށް ރައީސް މުރްސީ ނިންމަވައިފި

ކުރީގެ ފެނާއިބެހޭ ވަޒީރު ހިޝާމް ކަންދިލް މިސްރުގެ ބޮޑުވަޒީރަކަށް އައްޔަންކުރުމަށް ރައީސް މުރްސީ ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްރުގެ ކުރީގެ ފެނާއިބެހޭ ވަޒީރު ހާޝިމް ކަންދިލް މިސްރުގެ ބޮޑުވަޒީރަކަށް އައްޔަންކުރުމަށް އެޤައުމުގެ ރައީސް މުޙައްމަދު މުރްސީ ނިންމަވައިފިއެވެ.

ފެނާއިބެހޭ ވުޒާރާގެ އިސްމަޤާމްތައް ފުރުއްވާފައިވާ ކަންދިލް، މިދިޔަ އަހަރު ޖުލައި މަހު ކުރީގެ ރައީސް ހުސްނީ މުބާރަކް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މިވުޒާރާގެ ވަޒީރަކަށް އައްޔަންކުރެވުނެވެ.

ކަންދިލްގެ ފޭސްބުކްޕޭޖްގައިވާ ހާމަކޮށްފައިވާގޮތުގައި އޭނާވަނީ އެމެރިކާގެ ނޯތް ކެރޮލީނާ ޔުނިވާރސިޓީއިން ފެނާއިބެހޭ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވެއެވެ.

ރައީސް މުރްސީގެ ތަރުޖަމާނަކު ވިދާޅުވެފައިވާގޮތުގައި ބޮޑުވަޒީރުކަމަށް ކަންދިލް އައްޔަނުކުރެއްވުމަށް ރައީސް މުރްސީ ނިންމެވީ ކަންދިލްއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ވަރަށްވެސް މިނިވަން ބޭފުޅެއްކަމުގައިވާތީއެވެ. މިޞްރުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ރައީސް މުރްސީ މިފަަދައިން ނިންމަވާފައިވަނީ ކަންދިލްއަކީދީނީ ކަންތައްތަކަށް ފަރުވާތެރިވާ ބޭފުޅަކަށް ވާތީއެވެ.

މިދިޔަ އަހަރު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ތުނބުޅި ބަހައްޓަވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ކަންދިލް ހާމަކުރެއްވިގޮތުގައި އޭނާ އެގޮތަށް ޢަމަލުކުރައްވަނީ ތުނބުޅި ބެހެއްޓުމަކީ އެއީ އިސްލާމްދީނުގައި ފިރިހެނުންނަށް ވާޖިބުކުރައްވާފައިވާކަމަކަށްވާތީއެވެ. ދީނީ ކަންކަމަށް ލޯބިކުރެއްވި ނަމަވެސް އެއްވެސް ދީނީ ޖަމާޢަތަކަށް އޭނާ ނިސްބަތްވެވަޑައިނުގަންނަވާކަމަށް ކަންދިލް ވިދާޅުވެފައިވެއެވެ.

ރައީސް މުރްސީ ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން މިޞްރުގެ މީޑިއާތަކުން އާންމުކޮށްފައިވާ ބޮޑުވަޒީރުކަމަށް އެންމެ އެކަށީގެންވާ ތިންބޭފުޅުންގެ ލިސްޓުގައި ކަންދިލް ހިމެނިވަޑައިނުގަންނަވައެވެ. ބޮޑުވަޒީރުކަމަށް ކަންދިލް ހަމަޖެއްސުމަށް ރައީސް މުރްސީ ނިންމެވުމުން މިޞްރުގެ ވިޔަފާރިވެރިންނަށްވަނީ ހައިރާންކަމެއް ލިބިފައެވެ. އެފަރާތްތަކުން ހާމަކުރާގޮތުގައި މިޞްރުގެ ބޮޑުވަޒީރުކަމަށް އެޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން އެންމެ އެކަށީގެންވަނީ އިޤްތިޞާދީ ރޮނގުން ތަޢުލީމް ހާސިލްކޮށްފައިވާ ތަޖުރިބާކާރެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.