ބޭނުންވާތަކެތި
2 ހުދު މާޝްމެލޯ ޕެކެޓް ( ބޮޑު ޕެކެޓް )
1 ޕެކެޓް އައިސިން ޝުގަރ
2 މޭޒުމަތީސަމުސާ ފެން
1 ސައިސަމުސާ ވެނީލާ އެސެންސް
ބަޓަރު ނުވަތަ ތެޔޮ
ކާ ކުލަ ( ބޭނުން ކުލައެއް )
ހައްދަވާނެގޮތް
އެތެރެފުން ބޮޑު ތައްޓެއްގައި ބަޓަރު ހޭކުމައްފަހު މާޝްމެލޯ ތައް ތައްޓައް އަޅުއްވާށެވެ. 2 ސަމުސާ ފެން އެޅުމައްފަހު ރަންގަޅައް އެއްކޮށްލައްވާށެވެ. މައިކްރޯވޭވްއިން ( ނުވަތަ އާވިން ) ދިޔާވަންދެން ހޫނުކޮށްލައްވާށެވެ. ހޫނުކުރައްވާއިރު ކުޑަކޮށް ހާކާލުމުން ދިޔާވާލެއް އަވަސްވާނެއެވެ. އެހެން ތައްޓަކަށް އައިސިން ޝުގަރ ފުރާނާލާށެވެ. މާޝްމެލޯތައް އެއްކޮށް ދިޔާވުމުން ވެނީލާ އެސެންސް އަޅައި ރަނގަޅައް އެއްކޮށްލާށެވެ. އެއައްފަހު އައިސިން ޝުގަރ ތަކުގެ މެދައް އޮއްސާލުމައްފަހު ދޭފަތުން މަޑުމަޑުން ( މުޅި ތައްޓައް ނުފެތުރޭގޮތައް ) އެއްކުރަމުން ގެންދާށެވެ. އަތުން މޮޑެވޭވަރު ވުމުން އަތުގައި ބަޓަރު ހޭކުމައްފަހު ހަރުވާންދެން އަތުން މޮޑޭށެވެ. ބައިކުރެއްވުމައްފަހު ބޭނުން ކުލައެއް އަޅުއްވައިގެއް އަލުން މޮޑުއްވާށެވެ. ރޮށި ދަމާހެން ދެމުމައްފަހު ބޭނުން ޝޭޕް އެއް ކެފުމައްފަހު ކޭކުގައި ބޭނުން ކުރެވިދާނެއެވެ. މިގޮތައް ފޮންޑަންޓް ހެއްދެމުއް ފަހު ވައިނުވަންނަގޮތައް ކޮތަޅައްލާފައި ފަހުންވެސް ބޭނުން ކުރެވިދާނެއެވެ. މީގޭގައި އަމިއްލަ އަށް ކޭކް ޑެކަރޭޓްކޮށްލަން ވަރަށް ފަސޭހަ ގޮތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...