ޕާކިސްތާނުގެ ސިފައިންނަށް ނޭޓޯގެ ލަޝްކަރުން ހަމަލާ ދިނުމުން އެކަމުގެ އަދަބު ދީފިއެވެ.
ހަބަރުތައް ބުނާގޮތުގައި ޕާކިސްތާނުން ނޭޓޯގެ ލަޝްކަރުތަކަށް ދީފައިވާ އަދަބަކީ އަފްޣާނިސްތާނުގައި ކުރާ ހަނގުރާމައަށް ސަޕްލައިކުރާ މައި މަގެއް ޕާކިސްތާނުން ބަންދުކުރުމެވެ. މިކަން ކޮށްފައިވަނީ ނޭޓޯއިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ސަލާމަތީ ބާރުގެ 3 އޮފިސަރުން މަރާލުމާއި ގުޅިގެންނެވެ. މިހަމަލާއަށްފަހު ނޭޓޯއާއި ޕާކިސްތާނާއި ދެމެދުވަނީ ވަރަށް ބޮޑު ދުރުކަމެއް އައިސްފައެވެ.
އަފްޣާނިސްތާނުގައި ކުރާ ހަނގުރާމައަށް ސަޕްލައިކުރާ މައި މަގު ބަންދުކުރުމާއި ގުޅިގެން އަފްޢާނިސްތާނުގެ ހަނގުރާމައިގައި ބޭނުންކުރާ ބައެއް ތަކެތި ފޯރުކޮށްދިނުމަށްވަނީ ހުރަސްއެޅިފައެވެ. ހަބަރު ލިބޭގޮތުގައި ޕިޝާވަރުގެ އުތުރުން އޮންނަ ތުރުޚަމްގައިވާ ސަރަހައްދީ މަގާމު ބަންދުކުރުމާއި ގުޅިގެން އަފްޣާނިސްތާނަށް ގެންދިއުމުން ދަތުރުކުރަމުންދިޔަ ލޮރީތަކާއި ތެޔޮއުފުލާ ވެހިކަލްތައް ވަނީ 'ހުއްޓުމަކަށް' އައިސްފައެވެ.
ނޭޓޯގެ ލަޝްކަރުތަކުން ޕާކިސްތާނާއި އަފްޢާނިސްތާނުގެ އާންމުން 'އޮޅިގެން' ހަމަލާދީ މެރުމަކީ އާންމުކަމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...