ދުނިޔެ ޖާނުންފިދާވުމުގެ ހަމަލާއެއްގައި ޔަމަނުގެ 6 ސިފައިން މަރުވެއްޖެ

ޖާނުންފިދާވުމުގެ ހަމަލާއެއްގައި ޔަމަނުގެ 6 ސިފައިން މަރުވެއްޖެ

ޖާނުންފިދާވުމުގެ ހަމަލާއެއްގައި ޔަމަނުގެ 6 ސިފައިން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބުދަ ދުވަހު ޔަމަނުގެ އަސްކަރިއްޔާގެ ސިފައިން އެމީހުންގެ އެކެޑެމީއިން ނުކުތް ވަގުތު ގައިގަ ބޮންހަރުކޮށްގެން ހުރި މީހަކު ސިފައިންގެ ބައިގަނޑުތެރެއަށް ވަދެ ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 6 މީހުން މަރުވެފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢްލޫމާތުދީފިއެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގައި ދިން މިހަމަލާގައި 6 ސިފައިންގެ ކެޑޭޓުން މަރުވެފައިވާއިރު އޮފިޝަލުން ހާމަކުރާގޮތުގައި މިހަމަލާގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެ ޒަހަމްވެފައެވެ.

މި ޖާނުންފިދާވުމުގެ ހަމަލާގެ ޒިންމާ އެއްވެސްފަރާތަކުން ނަގާފައިނުވާއިރު ޔަމަނުގެ އަލްޤައިދާ ޖަމާޢަތުން ދޭތެރެ ދޭތެރެއިން މިފަދަ ހަމަލާތައް ޔަމަނުގެ އަސްކަރިއްޔާއަށް އަމާޒުކުރެއެވެ.

ހަނގުރާމަވރިންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ދެކުނުގައިވާ ބައެއް އަވަށްތައް އެޤައުމުގެ އަސްކަރިއްޔާއިން މިދިޔަ މަހުވަނީ ސަރުކާރުގެ ބާރުގެ ދަށަށް އަނބުރާގެނެސްފައެވެ.

މޭ މަހުގެ 21 ވަނަ ދުވަހު ސަންޢާގައި އޮތް އަސްކަރީ ޕެރޭޑަކަށް ހަނގުރާމަވެރިންވަނީ ބޮމުގެ ހަމަލާއެއްދީ 96 ސިފައިން މަރާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.