އެމެރިކާދުނިޔެ

އެމެރިކާގެ ނޭވީގެ ތަމްރީންތަކުގައި އަމާޒުފަތްގަނޑަކަށް މުސްލިމުންގެ ފޮޓޯ ބޭނުންކުރުން ހުއްޓާލައިފި

 

އެމެރިކާގެ ނޭވީ ސީލްސްއިން ވަރޖީނިއާ ބީޗްގައި ހިންގަމުން އަންނަ ތަމްރީންތަކުގައި އަމާޒުފަތްގަނޑަކަށް ބޭނުންކުރަމުންދިޔަ ޤުރުއާނުގެ އާޔަތްތަކާއި ބުރުގާ އަޅައިގެންހުރި މުސްލިމު އަންހެންމީހާގެ ފޮޓޯ ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާކަމަށް ނޭވީއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ނޭވީއިން މިހެން ހާމަކޮށްފައިވަނީ ވަރޖީނިއާ ބީޗްގައި ހުންނަ ޖޮއިންޓް ބޭސް ފޯރޓް ސްޓޯރީގައި ހިންގަމުން އަންނަ ނޭވީ ސީލްގެ ތަމްރީންތަކުގައި އަމާޒުފަތްގަނޑަކަށް ބޭނުންކުރަމުން އަންނަ ޤުރުއާނުގެ އާޔަތްތަކާއި އަދި ބުރުގާ އަޅައިގެން ހުރި މުސްލިމް އަންހެނެއް ދައްކުވައިދޭ ސޫރަ ނުގެންގުޅުމަށް އެޤައުމުގެ މުސްލިމުންގެ މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިން ގޮވާލާފައިވަނިކޮށެވެ.

"އަޅުގަނޑުމެން ގެންގުޅެމުން އައި މިއަމާޒުފަތްގަނޑުތަށް މިހާރު ނަގައިފިން. މުސްތަޤުބަލުގައި އަޅުގަނޑުމެންގެ ތަމްރީންތަކުގައި އެނޭނުން ކޮންމެވެސް އެހެން އެއްޗެއް ދެން ބޭނުންކުރާނީ،" ނޭވަލް ސްޕެޝަލް ވަރފެއަރ ގްރޫޕް 2 ގެ ތަރުޖަމާނު ލެފްޓިނެންޓް ޑޭވިޑް ލޮއިޑް ބުނެފައިވެއެވެ.

ނޭވީގެ މިނިންމުމާއި ގުޅިގެން ކެއަރ ޖަމްޢިއްޔާއިންވަނީ މިކަމަށް މަރުހަބާކިޔައިފައެވެ. "މުޖްތަމަޢުގެ ކަންބޮޑުވުންތަކަށް ނޭވީއިން މިހާ އަވަހަށް ރަނގަޅު ޖަވާބެއްދެއްވީތީ އަޅުގަނޑުމެން ނޭވީއަށް ޝުކުރުއަދާކުރަން އަދި ނޭވީގެ މިނިންމުމަށް މަރުހަބާކިޔަން. އަޅުގަނޑުމެންގެ އުއްމީދަކީ މިހާދިސާއަށްފަހު މުސްލިމުންނާއި އަދި އިސްލާމްދީނާއި ގުޅޭ ތަކެތި ތަމްރީންތަކުގައި ބޭނުންކުރުމަށްޓަކައި އަޅުގަނޑުމެންގެ އަސްކަރިއްޔާއިން ފަރުމާކުރާއިރު ތަޖްރިބާކާރުންނާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރާނެކަމުގައި،" ކެއަރގެ ނެޝަނަލް އެކްޒެކެޓިވް ޑިރެކްޓަރ ނިހާދް އަވާދް ވިދާޅުވިއެވެ.

"މިއީ އަދި ފުރަތަމަ ފިޔަވަޅު. އަސްކަރީ ތަމްރީންތަކުގައި އިސްލާމޯޕޯބިއާ ނުވަތަ އިސްލާމްދީނަކީ ބިރެއް ގޮތަށް ދެކޭދެކުން އެބަޖެހޭ ބަދަލުކުރަން. މިކަމަށް ސީރިއަސްކަމާއި އެކު ވިސްނަން ޙައްލު ގެންނަން އެބަޖެހޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *