އެމެރިކާ ބަންގްލަދޭޝްއިން ސިފައިން ފޮނުވައިދިނުމަށް އެދި އެމެރިކާއިން ރޮއެ އާދޭސްކުރަންފަށައިފި

ބަންގްލަދޭޝްއިން ސިފައިން ފޮނުވައިދިނުމަށް އެދި އެމެރިކާއިން ރޮއެ އާދޭސްކުރަންފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްނު ނޫހު

އެމެރިކާއިން އިސްވެ އޮވެގެން އަފްޣާނިސްތާނަށް "ޒަމާނީ ޑިމޮކްރަސީ" ހޯދައިދިނުމަށް ހަނގުރާމަ ކުރަމުންދާތާ 9 އަހަރުވީއެވެ. ﷲގެ ޝަރީޢާ ޤާއިމު ކުރަމުންގެންދަނިކޮށް އެކަމަށް ކެތްނުކުރެވިގެން އެކި ފާޑުފާޑުގެ ބަހަނާ ދައްކައިގެން އަފްޣާނިސްތާނަށް އަރާ އެޤައުމު ސުންނާފަތި ކޮށްލުމަށް މަސައްކަތް ކުރަމުންދަނީއެވެ. ނަމަވެސް މިހާތަނަށް މި ފިނޑިބައިގަނޑު ބޭނުންވި އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވުނެވެ. ﷲއަށް ޙަމްދު ހުއްޓެވެ.

ދުނިޔޭގެ ސުޕަޕަވަރުކަމުގައި އަމިއްލައަށް ވެގަނެގެން އުޅޭ ގޮތްކުޑަ އެމެރިކާ ސަރުކާރުގެ ދަލުގައި ބައެއް ކާފަރު ޤައުމުތަކާއި، ދުނިޔޭގެ އެދުންވެރިކަން ބޮޑުވެފައިވާ ބައެއް ޢަރަބި ޤައުމުތައް ޖެހުނެވެ. އަދި އަފްޣާނިސްތާނުގެ މުސްލިމުންނާއި އިދިކޮޅަށް ހިންގި އެތައް ޤަތުލުޢާއްމެއްގައި ޢަރަބި ބިންތައް ބޭނުންކުރުމަށް ދިނެވެ. ނަމަވެސް އެމެރިކާ ސަރުކާރުން މިކުރަމުންގެންދާ ހަނގުރާމައިގެ މަޤްޞަދު ރަނގަޅު ނޫންކަން އެބައިމީހުންނާއި ބައިވެރިވެގެން އުޅޭ ބައެއްޤައުމުތަކަށް އެނގިގެން އޭގެ ތެރެއިން ބައެއް ޤައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން މިހާރުވަނީ ބާލާފައެވެ. އަދި ބާކީ ދެން ތިބި ޤައުމުތަކުގެ ސިފައިންވެސް ދާދި އަވަހަށް ބާލާނެކަމަށް އެޤައުމުތަކުންވަނީ އިޢުލާނު ކޮށްފައެވެ. ވީމާ އެމެރިކާ މިހާރުއެވަނީ އެކަނިވެފައެވެ. އެކިފާޑުފާޑުގެ ބަހަނާދައްކައިގެންވެސް ޤައުމުތައް ހައްލާލެވޭގޮތް ނުވެފައެވެ.

ދުނިޔޭގެ އެންމެ މުސްލިމުން ގިނަ އެއްޤައުމުކަމުގައިވާ ބަންގްލަދޭޝްގެ ސިފައިން އަފްޣާނިސްތަނަށް ފޮނުވައިދިނުމަށް އެމެރިކާއިން ދާދިފަހުންވަނީ ރޮއެ އާދޭސްކޮށްފައެވެ. މިޚަބަރު ވެގެންދިޔައީ މުޅި ދުނިޔެއަށް ވަރަށް ބޮޑު ހައިރާންކަމެއް ގެނުވި ޚަބަރަކަށެވެ. ސަބަބަކީ އެމެރިކާއިން އަބަދުވެސް ބުނަމުންގެންދަނީ އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބުވަމުންދާ ކަމަށެވެ. ނަމަވެސް ދުވަސްކޮޅުކޮޅުން އެމެރިކާއާއި އެމީހުންނަށް ބައިޢަތު ހިފައިގެންތިބޭ ޤައުމުތަކުގެ ސިފައިން ހާހުން ހާހުން އިތުރު ކުރަމުންގެންދެއެވެ.

ކޮންމެއަކަސް ދާދި ފަހުން އެމެރިކާއިން ބަންގްލަދޭޝް ސަރުކާރުގައި ސިފައިން ފޮނުވައިދިނުމަށް އެދުމުން އެކަމާ ވިސްނަމުންދާ ވާހަކަ ބަންގްލަދޭޝްއިން ހާމަކުރިއެވެ. ބަންގްލަދޭޝްގެ މިޖަވާބަކީ މުސްލިމުން އެހާ ހިތްހަމަޖެހުނު ޖަވާބަކަށް ނުވިއެވެ. ސަބަބަކީ މުސްލިމުންނާއި އިދިކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި މުސްލިމްސިފައިން ޙަރަކާތްތެރި ކުރުވަން އެމެރިކާ އިން ރާވާ ރޭވުމުގައި ބަންގްލަދޭޝް ޖެހުމަށް އެއްވެސް މުސްލިމަކު ނުރުހޭތީއެވެ. ބަންގްލަދޭޝްގެ މިޖަވާބަށް ޠާލިބާނުންވަނީ ރައްދުދީފައެވެ. ޠާލިބާނުން ހާމަކުރިގޮތުގައި އެމެރިކާއިން މުސްލިމުންނާ ދެކޮޅަށް އަފްޣާނިސްތާނުގައި ކުރަމުންގެންދާ ހަނގުރާމައިގެ ތެރެއަށް ބަންގާޅުން ނުވަންނާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި އެކަމުގެ ނުރައްކާތެރިކަން ބަންގްލަދޭޝް ސަރުކާރަށް އެނގޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

މިއަދު ދުނިޔެއަށް ޙަޤީޤަތް އޮޅުވާލުމަކީ އެމެރިކާއަކަށްވެސް ކުރަން އެހާ ފަސޭހަކަމެއްނޫނެވެ. އެގޮތުން އެބައިމީހުންނަށް ވާއެތައްގެއްލުންތަކެއްގެ ވާހަކަ ހަމަ ވަގުތުން ވަގުތަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ލިބެމުންދެއެވެ. ކާފަރުންނާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ މުޖާހިދުންގެ މީޑިއާއަކީ މިއަދު ދުނިޔޭގައި ވަރަށް ބާރުގަދަ އެއްޗެކެވެ. މިއަދު ކާފަރުންގެ އަތްދަށުގައިވާ މީޑިއާތަކަށްވެސް މުޖާހިދުންގެ ޚަބަރުތައް ގެނެސްދިނުމަށް މަޖުބޫރުވެފައިވެއެވެ. ސަބަބަކީ މުޖާހިދުންގެ މީޑިއާތަކުން ކާފަރުންނަށްވާ ގެއްލުންތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވަގުތުންވަގުތަށް ދުނިޔެއަށް ރިލީޒް ކުރަމުންގެންދާތީއެވެ.

އޭ ﷲ ! އިބައިލާހުގެ ދީނުގެ ދިފާޢުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުންގެންދާ މުޖާހިދުންނަށް ނަޞްރު ދެއްވާނދޭވެ. އަދި އެބައިމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވާންދޭވެ..

މަސްދަރު: ރާއްޖެއިސްލާމް

ޓެގް

އަފްޣާނިސްތާން އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.