އީރާނަށް ނުރައްކަލެއް ވާހެންހީވާނަކަ ދުނިޔޭގެ ތެލުގެ ފަސް އިން ސައްތަ އެސަރަޙައްދަކުން ބޭރުކުރާ ޚުރުމޫޒްގެ ކަނޑުއޮޅި ބަންދުކުރާނެކަމަށް އިރާނުގެ މިލިޓަރީ ކޮމާންޑަރަކު ހޮނިހިރު ދުވަހު އިންޒާރުދީފިއެވެ.
"އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް ޚުރުމޫޒްގެ ކަނޑުއޮޅި ބަންދުކުރުމަށް،" އީރާނުގެ ޤައުމީ މީޑިއާއިން ޖެނެރަލް ހަސަން ފައިރޫޒްއާބާދީއަށް ހަވާލީދީ ހާމަކޮށްފައިވެއެވެ.
"ޝީޢީ ދައުލަތުން އަބަދުވެސް ފިޔަވަޅުތައް ނަގާނީ ދުރާލާ ވިސްނައިގެން. އަދި ކަނޑުއޮޅި ބަންދުކުރުމަކީ އެއީ އަޅުގަނޑުމެން އެންމެ ބޭނުންވާގޮތެއްނޫން. ނަމަވެސް އަޅުގަނޑުމެންނަށް ނުރައްކަލެއް އޮތްކަމަށް ހީވެއްޖެނަމަ އެފަދަ ޙާލަތެއްގައި އަޅުގަނޑުމެން އެކަނޑުއޮޅި ބަންދުކުރާނަން." އީރާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ހަސަން ބުނެފައިވެއެވެ.
އީރާނުން ޚުރުމޫޒްގެ ކަނޑުއޮޅި ބަންދުކުރާނެކަމަށް އިންޒާރުދީފައި މިވަނީ އީރާނުން އެޤައުމުގެ ޔޫރޭނިއަން އުފެއްދުމުގެ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ އެޤައުމުން ތެޔޮ އިމްޕޯޓްކުރުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައިވަނިކޮށެވެ.
މިއަހަރުގެ ކުރީކޮޅުގައިވެސް އީރާނުން ވަނީ މިފަދަ އިންޒާރުތަކެއްދީފައެވެ. އިރާނުން ބުނާގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރާ ނަމަ ކަނޑުއޮޅި ބަންދުކުރަން އެމީހުން ފަސް ނުޖެހޭނެ ކަމަށެވެ. އެޤައުމުން ހާމަކުރާގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ ފެން ތައްޓެއް ބޯލުމަށް ވުރެ ފަސޭހައިން އެމީހުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...