ނިއުދިއްލީ: ކޯޓުން ކުރިއަށް އޮތް ދެދުވަހުގެ ތެރޭފައި މަސައްކަތައްއަނބުރާ ނުކުތުމަށް އަމުރުކުރެއްވުމާއި ގުޅިގެން 58 ދުވަހަށް ދެމިގެންދިޔަ އެއަރ އިންޑިޔާގެ ސަތޭކައަށްވުރެ ގިނަ ޕައިލެޓުން ކުރަމުން އައި ހަޅުތާލި ނިންމާލައިފިއެވެ.
އަންގާރަ ދުވަހުން ފެށިގެން ނިއު ދިއްލީގެ ހައިކޯޓުން ނެރެފައިވާ އަމުރާއި އެއްގޮތަށް އެމީހުން ކަންތައް ކުރާނެކަމަށް ހަޅުތާލިކުރަމުން އައި އެއަރ އިންޑިޔާގެ ޕައިލެޓުން ތަމްސީލުކުރާ އިންޑިއަން ޕައިލެޓްސް ގީލްޑްއިން ހާމަކޮށްފައިވެއެވެ.
އެއަރ އިންޑިޔާގެ 1500 ޕައިލެޓުންގެ ތެރެއިން ގިނަ އަދަދެއްގެ ޕައިލެޓުން މިހަޅުތާލީގައި ބައިވެރިވެފައިވެއެވެ. މިކަމުގެ ސަބަބުން މި އެއަރލައިންގެ އެތައް ފްލައިޓެއް ކެންސަލްވެ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވެގެން ދިޔައެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި އެއަރ އިންޑިއާއިން ޕައިލަޓުންގެ އިޚްޞާސްތައް ދަނެގަންނަންޖެހޭނެއެވެ. އަދި ޕައިލަޓުންގެ ދަތިތަކަށް ޙައްލުހޯދައިދިނުމަށްވެސް އެއަމުރުގައި ވެއެވެ.
ޕައިލަޓުން ހަޅުތާލުކޮށްފައިވަނީ މުސާރަނުލިބި ހުރުމާއި އަދި އެއަރލައިނުން އޯރޑަރުކޮށްފައިވާ ބޮއިންގ 787 ޑްރީމްލައިނަރ ޖެޓުތަކުގައި ތަމްރީން ވުމުގެ ފުރުސަތު ލިބީދީފައި ނެތުމުންނެވެ.
ހަޅުތާލުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ 100 އެއްހާ ޕައިލެޓުންގެ ވަޒީފާ އަނބުރާ ދޭނެކަމުގެ އެއްވެސް އިޝާރާތެއް އެއަރއިންޑިއާއިން އަދި ދީފައިނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...