ސްވިޒަލޭންޑްގެ މިސްކިތްތައް ސުންނާފަތކުރުމަށް ސްވިސް ޕީޕަލްސް ޕާޓީ ގެ އިސް ސަފުގައި ހަރަކާތްތެރިވާ ޒޫރިޗްގެ އެލެކްޒެންޑަރ މުލަރ ގޮވާލުމުގެ ސަބަބުން އެޤައުމުގެ ގިނަ ފަރާތްތަކުން ނުރުހުން ފާޅުކޮށްފިއެވެ.
މުލަރގެ ޓްވިޓަރ އެކައުންޓުގައި އޭނާ ލިޔެފައިވާގޮތުގައި ނާޒީ ޖަރުމަނުގައި އާއި އަދި އޮސްޓްރިއާގެ ބައެއް ހިސާބުތަކުގައި ދިރިއުޅެމުންގެންދިޔަ ޔަހޫދީންގެ އިމާރާތްތަކާއި އަޅުކަންކުރުމަށް ހަދާފައިވާ ފައްޅިތައް ނާޒީން ސުންނާފަތިކުރިފަދައިން ސްވިޒަލޭންޑްގެ މިސްކިތްތައްވެސް ސުންނާފަތިކުރަންވެއްޖެ ކަމަށެވެ.
އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް މުލަރ އޭނާގެ ޓްވިޓަރ އެކައުންޓުގައި ފާޅުކޮށްފައިވާ ރުޅިވެރިކަމާއި ނަފުރަތުގެ ސަބަބުން އެޤައުމުގެ ވަރަށް ގިނަ ޖަމާޢަތްތަކުންނާއި އަދި ޒޫރިޗްގެ ޕްރޮސެކިއުޓަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
ސްކޫލެއްގައި ނަރުހެއްގެ މަޤާމްވެސް ފުރަމުން އަންނަ މުލަރ ވަގުތުން ވަގުތައް އެސްކޫލްގެ ވަޒީފާއިން ވަކިވުމަށް ޔަންގް ގްރީންސް ނަމަކަށް ކިޔާ ޖަމާޢަތަކުންވެސް ވަނީ ގޮވާލާފައެވެ.
ޓޭޖެސް އެންޒީޖަރ ނަމަކަށްކިޔާ ނޫހަކުން މިމައްސަލައާއި ބެހޭގޮތުން ސުވާލުކުރުމުން މުލަރ ވަނީ މުސްލިމުންނާއި ދެކޮޅަށް އެއްވެސް އެއްޗެއް ޓްވިޓަރގައި ލިޔެފައި ނުވާނެކަމަށް ބުނެ އެކަމަށް އިންކާރުކޮށްފައެވެ.
މީގެކުރިންވެސް މުލަރ ވަނީ އޭނާގެ ޓްވިޓަރ އެކައުންޓުގައި އިސްލާމްދީނާއި މުސްލިމުންނަށް ނިސްބަތްކޮށް ވަރަށް އިހާނެތި ބަސްތައް ބޭނުންކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...