ދުނިޔެ ސައުދި އަރަބިޔާއަށް ވަގަށް އެތެރެކުރަން އުޅުނު 18000 ބަނގުރާފުޅިތަކެއް އެޤައުމުގެ ކަސްޓަމުން ހިފަހައްޓައިފި

ސައުދި އަރަބިޔާއަށް ވަގަށް އެތެރެކުރަން އުޅުނު 18000 ބަނގުރާފުޅިތަކެއް އެޤައުމުގެ ކަސްޓަމުން ހިފަހައްޓައިފި

ސައުދި އަރަބިޔާއަށް ވަގަށް އެތެރެކުރަން އުޅުނު 18000 ބަނގުރާފުޅިތަކެއް އެޤައުމުގެ ކަސްޓަމުން ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިޔާގެ ބާޘާއަށް ވަގަށް ބަޔަކު އެތެރެކުރަން އުޅުނު 18000 ބަނގުރާފުޅިތަކެއް އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ކަސްޓަމްސް އޮފިސަރުން ހިފަހައްޓައިފިއެވެ.

ސައުދީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިރާފުޅިތައް އެސަރަހައްދަށް އެތެރެކުރުމަށް މަސައްކަތްކޮށްފައިވަނީ ކުކިން އޮއިލް ކޭސްތަކެއް އުފުލަމުންގެންދިޔަ ލޮރީއެއްގެ ތެރެއިންނެވެ.

"އޅުގަނޑުމެން އެބަނގުރާފުޅިތައް ހިފަހައްޓައި އެތަކެއްޗާއި އެލޮރީ ދުއްވަން ހުރި މީހާ މިހާރު ތަހްޤީޤަށް ފުލުހުންނާއި ހަވާލުކޮށްފިން،" ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ބާޘާ ޕޮއިންޓުގެ ކަސްޓަމްސް ޑިރެކްޓަރ، ސައިފުﷲ އަލްއުތައިބީ ވިދާޅުވިއެވެ. ސައުދީ ޢަރަބިޔާއަށް ވަގަށް އެތެރެކުރަމުންދާ މަސްތުވާތަކެއްޗާއި، ބަނގުރަލާއި އަދި އެފަދަ ހަރާމްތަކެތި ހުއްޓުވުމަށް އެޤައުމުގެ ކަސްޓަމްސް ގެ އޮފިސަރުން ޢަދާކުރައްވަމުންދާ ރޯލަށް އޭނާ ތަޢުރީފްކުރެއްވިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލައަކީ މިހާރަކަށް އައިސް ސައުދީއަރަބިއްޔާގެ އަމަން ބަލަހައްޓާފަރާތްތަކަށް އެންމެ ގިނައިން ކުރިމަތިލާންޖެހޭ އެއް މައްސަލައެވެ. މިއަހަރުގެ ފުރަތަމަ ތިން މަހުގައިވެސް ސައުދީ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ގުޅިގެންވަނީ 1.65 ބިލިއަން ސައުދީ ރިޔާލުގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އަދި އެޤައުމުގެ އިންޓީރިއަރ މިނިސްޓްރީ އިން ހާމަކުރައްވާގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހުގައި މަސްތުވާތަކެތި ސައުދީއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ 503 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކތި އެތެރެކޮށް، މަނާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި ހަތަރު މީހަކަށް ވަނީ ދާދި ފަހުން މަރުގެ އަދަބު ދީފައެވެ. އަދި އެމީހުންނަށް އެހީތެރިވެދިން ތިން މީހަކުވަނީ 15 އަހަރަށް ޖަލަށް ހުކުމްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.