އަރަބިދުނިޔެ ސޫރިޔާގައި ހޮނިހިރު ދުވަހުވެސް 96 މަރު

ސޫރިޔާގައި ހޮނިހިރު ދުވަހުވެސް 96 މަރު

ސޫރިޔާގައި ހޮނިހިރު ދުވަހުވެސް 96 މަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބައްޝާރުގެ ސިފައިން ދިން ހަމަލާގައި މަރުވި ބައެއް މީހުންގެ ހަށިތައް. ފޮޓޯ: ރޮއިޓާރސް

ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން އާންމުންގެ 96 މީހުން މަރާލައިފިއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭކަމަށް ހަބަރުލިބެއެވެ.

ސޫރިޔާގެ އެކްޓިވިސްޓު ޖަމާއަތް ތަކުން މައުލޫމާތު ދޭ ގޮތުގައި ހޮނިހިރު ދުވަހު އެގައުމުގެ އެކި ސަރަހައްދު ތަކަށް ވަނީ ކެނޑިނޭޅި ބަރުހަތިޔާރާއި ރޮކެޓު ފަދަ އާލަތްތަކުން ހަމަލާދީފައެވެ. އަދި ހަމަލާތަށް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ޑާރާ އާއި ހަމްސް އަށެވެ.

މައުލޫމާތު ލިބޭގޮތުގައި ބައްޝާރުގެ ވަފާތެރި ސިފައިން މިހާރު އާންމުންނާއި ދެކޮޅަށް ކެމިކަލް ބޭނުންކުރަމުންނެވެ. ސޫރިޔާގައި މިހާރު ހިނގަމުން ދާ ހަމަނުޖެހުންތަކުގައި ގެއްލުންލިބެމުންދާ އާންމުންނަށް ބޭސްފަރުވާ ކުރެވޭނެ ގޮތްތަށް ހުސްވަމުން އަންނަކަމަށްވެސް ހަބަރުލިބެއެވެ. ބައްޝާރުގެ ސިފައިން ދަނީ އެގައުމުގެ އާންމުންގެ ބާރުގެ ދަށުގައިވާ ހޮސްޕިޓަލްތަކަށްވެސް ރޮކެޓު ހަމަލާތަށް ދެމުންނެވެ.

ޓެގް

ސޫރިޔާ ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.