ސޫރިޔާ އާއި އެކު ފަލަސްތީނުގެ ރައްޔިތުން ވާކަމާއި އިސްލާމީ ޚިލާފަތެއް ޤާއިމް ކުރުމަށް ގޮވާލާ އެތަށްހާސް ބަޔަކު އެއްވެއްޖެ
ސޫރިޔާގައި އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކާއި ދެކޮޅަށް ފަލަސްތީނުގެ އެތަކެށް ހާސް ރައްޔިތުން ނިކުމެ އެބައިމީހުން ތިބީ ސޫރިޔާގެ މުސްލިމް ރައްޔިތުންނާއި އެކީގައި ކަމަށް ގޮވާލައިފިއެވެ.
ހިޒްބުލް ތަހީރް ޖަމާއަތުން އިސްނަގައިގެން ބޭއްވި މި އެއްވުމުގައި ސޫރިޔާގެ މުސްލިމުން ސަލާމަތް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ގޮވާލާފައެވެ. މީގެ އިތުރުން އިސްލާމީ ޚިލާފަތް އަލުން އަނބުރާ ޤާއިމް ކުރުމަށްވެސް ފަލަސްތީނުގެ ރައްޔިތުން ގޮވާލާފައިވެއެވެ. އަދި އެބައިމީހުން ބޭނުންވަނީ އިސްލާމީ ވެރިކަމެށް ކަމަށާއި ބޭނުންވަނީ އިސްލާމީ ޝަރީއަތްކަމަށް ގޮވާލާފައިވެއެވެ. އަދި ނަސްރުގެ ވަގުތު ކައިރިވެއްޖެ ކަމަށާއި ހިލާފަތް ޤާއިމް ވުމުގެ ވަގުތުވެސް ވަރަށް ކައިރިވެއްޖެކަމަށް ގޮވަމުންދިޔައެވެ.
މީގެ އިތުރުން ސޫރިޔާގެ ސަރުކާރަށް އިރާނުން ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް އެއްވުމުގެ ބައިވެރިން ވަނީ އިރާނުގެ ރައީސް އަހުމަދީނީޖާދަށް ގޮވާލާފައިވެއެވެ. އަދި އިރާނުގެ ރައީސް އަހުމަދީނީޖާދަކީ އޭނާގެ ބަހުގައި ތެދުވެރި މީހަކު ނަމަ އެކަން ނުކުރާނެކަމަށް އެއްވުމުގެ ބައިވެރިން ގޮވަމުން ދިޔައެވެ. އިރާނުގެ ރައީސް އަކީ ފަލަސްތީނާއި އިޒްރާއިލުގެ މައްސަލައިގައި އިޒްރާއިލާއި އެމެރިކާއަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވަމުން ގެންދަވާ އެއް ލީޑަރެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...