އަރަބިދުނިޔެ ސޫރިޔާގެ މަޝްރަހު ފިނިކުރުމަށް ހުށަހެޅި ސުލްހައިގެ މަގުޗާޓު ދަނީ ފެއިލްވަމުން: އަނާން

ސޫރިޔާގެ މަޝްރަހު ފިނިކުރުމަށް ހުށަހެޅި ސުލްހައިގެ މަގުޗާޓު ދަނީ ފެއިލްވަމުން: އަނާން

ސޫރިޔާގެ މަޝްރަހު ފިނިކުރުމަށް ހުށަހެޅި ސުލްހައިގެ މަގުޗާޓު ދަނީ ފެއިލްވަމުން: އަނާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯފީ އަނާން

ސޫރިޔާގެ މަޝްރަހު ފިނިކުރަމަށް ހުށަހެޅި ސުލްހައިގެ މަގުޗާޓު ދަނީ ފެއިލްވަމުން ކަމުގައާއި ސޫރިޔާގައި ހިނގަމުންދާ ޖަރީމާތަށް ހުއްޓުވުމަށް އދ އާއި އަރަބިލީގުން އެގައުމަށް ކަނޑައަޅާފައިވާ ޙާއްސަ މަންދޫބު ކޯފީ އަނާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު އޮތް އދ ގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުނެންނެވެ. އަނާން ވިދާޅުވި ގޮތުގައި ސުލްހައިގެ މަގުޗާޓު ފެއިލްވަމުންދާ ކަމުގާ ވާނަމަ ސޫރިޔާގައި ހިނގަމުންދާ ޖަރީމާތަކަށް ނިމުމެށް ނެތެވެ. އަދި މި ޖަރީމާތަކުގެ ސަބަބުން އެގައުމުގައި ދާހިލީ ހަނގުރާމައެއް ފެށުން އެއީ ވަރަށް ގާތްކަމެކެވެ.  އަނާން އިތުރަށް ވިދާޅުވި ގޮތުގައި ސޫރިޔާގައި ހިނގަމުންދާ ޖަރީމާތަކާއި ގަތުލްއާންމުތަށް އެއީ ހަޤީޤަތެވެ. އަދި ކުށެއްނެތް އާންމުން ޤަތުލު ކުރެވެމުން އެދަނީ އެއްވެސް ޖެހިލުމެށް ނެތިކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ ފުރަތަމަ ނަގަން ޖެހޭނީ އެޤައުމުގެ ރަޢިސް ބައްޝާރުލް އަސަދާއި އޭނާގެ ސަރުކާރުންނެވެ. މީގެ އިތުރުން ސޫރިޔާ އަށް ހަމަޖެހުމާއި އަމާންކަން ގެނައުމަށް ރަޢީސް ބައްޝާރުލް އަސަދު ދޫކަކެށް ދޭންޖެހޭކަމަށް އަނާން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަމުން ސޫރިޔާއިން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޖާފަރީ ވަނީ ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނެފައި ވަނީ ސޫރިޔާގައި ހަމަލާތަށް ދެމުން ގެންދަނީ ޓެރަރިސްޓު ޖަމާއަށްތަކުންނެވެ. އަދި އޭނާ ބުނާ ގޮތުގައި ސޫރިޔާ ސަރުކާރުން އެއްވެސް ޖަރީމާއެށް ނުހިންގައެވެ.

ޓެގް

ސޫރިޔާ ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.