ރާއްޖޭގެ ޚަބަރު "އަންޞާރުއްޝާމް"ގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިޚް ޖައުފަރު ފާއިޒް ގޮވާލައްވައިފި

"އަންޞާރުއްޝާމް"ގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިޚް ޖައުފަރު ފާއިޒް ގޮވާލައްވައިފި

"އަންޞާރުއްޝާމް"ގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިޚް ޖައުފަރު ފާއިޒް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އަންޞާރުއްޝާމް"ގެ ރޭގެ ބައްދަލުވުމުގައި ޝައިޚް ޠައްޔިބު ވާހަކަފުޅުދައްކަވާއިރު ވާތްފަރާތުގައި ޝައިޚް ޖައުފަރު ފާއިޒް - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

"އަންޞާރުއްޝާމް"ގެ ނަމުގައި ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ހިންގަމުންދާ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޝައިޚް ޖައުފަރު ފާއިޒު ގޮވާލައްވައިފިއެވެ.

ޝައިޚް މިފަދައިން ގޮވާލެއްވީ އަންޞާރުލްޝާމްގެ ފަރާތުން ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުންނެވެ.

ޝެއިޚް ޖައުފަރު ވިދާޅުވީ ސީރިޔާގެ މުސްލިމުންނަށް މިއަދު ތަފާތު އެކިއެކި ގޮތްގޮތަށް ގެއްލުންތައް ލިބެމުންދާއިރު މިދަނޑިވަޅުގައި މުސްލިމުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ދައްކައިދޭންވާނެ ކަމަށެވެ.

އިތުރަށް ޝެއިޚް ވިދާޅުވީ މުސްލިމުން، އޭނާގެ އަޚް ދެވަނަ މުސްލިމަކަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނުނަމަވެސް އެއީ ވަރަށް ބޮޑު ކަމެއްކަމަށް ދެކެންވާނެކަމަށެވެ.

"އެންމެ މުސްލިމަކަށް، ކިތަންމެ ކުޑަކަމެއް ދިމާވިޔަސް އެއީ ވަރަށް ވަރަށް ބޮޑުކަމެއްކަމަށް މުސްލިމުން ދެކެން ޖެހޭނީ" ޝައިޚް ޖައުފަރު ވިދާޅުވިއެވެ.

"އަންޞާރުއްޝާމް"އަކީ ސޫރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކާއިމެދު ދިވެހި ރައްޔިތުން ހޭލުންތެރިކޮށް ސޫރިޔާގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި، އުޚުތުންނަށް އެހީތެރިވުމުގެ މަޤްސަދުގައި ހިންގަމުންދާ ހަރަކާތެކެވެ.

ޓެގް

ސޫރިޔާ ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.