ދުނިޔެ ސީރިޔާގައި ހަރަކާތްތެރިވުމުގެ ހުއްދަ ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކަށް ދީފި

ސީރިޔާގައި ހަރަކާތްތެރިވުމުގެ ހުއްދަ ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކަށް ދީފި

ސީރިޔާގައި ހަރަކާތްތެރިވުމުގެ ހުއްދަ ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކަށް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިޔާގެ ހަގުރާމަހިގަމުންދާ ސަރަހައްދުގައި މީހަކަށް އަނިޔާވެގެން ގެންދަނީ ، ފޮޓޯ: އޭއެފްޕީ

ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކަށް ސީރިޔާގައި ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ސީރިޔާގެ ސަރުކާރުން އެއްބަސްވެއްޖެއެވެ.

ސޫރިޔާގެ ސަރުކާރުން މިގޮތަށް ނިންމުމާއިއެކު ކުރިން އެޤައުމަށް ވަނުމުގެ ފުރުސަތު ލިބިފައި ނުވާ "ރެޑް ކްރޮސް" ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް އެހީއާއިއެކު އެޤަޢުމަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސޫރިޔާގެ ދާޚިލީ ހަގުރާމަ ފެށުނުފަހުން އެޤައުމުގެ ސަރުކާރުން މިފަދަ ކަމަކަށް އެއްބަސްވި މިއީ ފުރަތަމަ ފަހަރެވެ.

މިހުއްދަ ލިބުމާއިއެކު ސީރިޔާގައި މިހާރު އެންމެ ބޮޑަށް ހަމަނުޖެހުން ހިނގަމުންދާ 4 ސަރަހައްދަށް ބައިނަލް އަޤްވާމީ އެހީދޭ ފަރާތްތަކުން ވަންނާނެކަމަށް ބެލެވެއެވެ.

އދ ގެ ހިޔުމެނިޓޭރިޔަން އެފެއާރޒްގެ ޑިރެކްޓަރ ޖޯން ޖިންގ ބުނެފައިވަނީ މިހާރުވެސް އދ ގެ ފަރާތުން ސޫރިޔާގެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކަށް އެހީ ފޯރުކޮށްދޭންފަށްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން ސޫރިޔާގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  17 ޤަޢުމެއްގެ ޑިޕްލޮމެޓުންނަށް އެޤަޢުމުން މަރުހަބާ ކިޔަން ބޭނުންނުވާ ކަމަށެވެ.އެގޮތުން މިޤަޢުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިގިރޭސި ވިލާތާއި ފްރާންސްވެސް ހިމެނޭ ކަމަށް ސޫރިޔާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހުގައި ސީރިޔާގެ މުޖާހިދުންނާއި ސިފައިންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ސީރިޔާ ސިފައިންގެ 15 މީހަކުވަނީ މަރާލާފައެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.