އަރަބިދުނިޔެ ހައްދުފަހަނައެޅި ޔަހޫދީންތަކެއް ޤުދުސްގެ "އައްރަޙްމާ" ޤަބުރުސްތާނުގެ މަހާނަތަކަށް ކުޑަކަމުގޮސްފި

ހައްދުފަހަނައެޅި ޔަހޫދީންތަކެއް ޤުދުސްގެ "އައްރަޙްމާ" ޤަބުރުސްތާނުގެ މަހާނަތަކަށް ކުޑަކަމުގޮސްފި

ހައްދުފަހަނައެޅި ޔަހޫދީންތަކެއް ޤުދުސްގެ "އައްރަޙްމާ" ޤަބުރުސްތާނުގެ މަހާނަތަކަށް ކުޑަކަމުގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓު ގްރޫޕަކުން އަލްޤުދުސްގައި އޮންނަ މުސްލިމުންގެ "އައްރަޙްމާ" ޤަބުރުސްތާނަށް ވަދެ އެތާގެ ޙުރުމަތްކަނޑައިފިއެވެ.

ޔަހޫދީ ގްރޫޕްގެ މީހުން "އައްރަޙްމާ" ޤަބުރުސްތާނަށް ވަދެފައިވަނީ މިދިޔަ ހުކުރުދުވަހުގެ ހެދުނުގެ ވަގުތުގައެވެ. އެމީހުންވަނީ އެޤަބުރުސްތާނުގައިވާ މުސްލިމުންގެ މަހާނަތަކުގެ މައްޗަށް އަރައި ތިބެ މަހާނަތަކަށް ކުޑަކަމުގޮސްފައެވެ.  ޔަހޫދީންގެ މިނުބައި ޢަމަލު ހުއްޓުވަން މަސައްކަތްކުރި ފަލަސްޠީނުގެ ރައްޔަތުންނަށް ޒަޔަނިސްޓު ދައުލަތުގެ ފުލުހުންވަނީ ހުރަސްއަޅާފައެވެ. އެ ގްރޫޕުން ވަނީ މަސްޖިދުލްއަޤްޞާއަށް ވަދެ އެތައް އިރެއް ވަންދެން އެމިސްކިތުގެ ތެރޭގައިވެސް އުޅެފައެވެ.

ހިފާފައިވާ ޤުދުސްގެ ޤަބުރުސްތާނުތަކާ ބެހޭ އިދާރާގެ ވެރިޔާ އަލްޙާއްޖު މުސްްޠަފާ އަބޫޒަހްރާ ވިދާޅުވިގޮތުގައި އައްރަޙްމާ ޤަބުރުސްތާނަށް ވަދެ ޔަހޫދީން ހިންގި މިޖަރީމާއަކީ އެމީހުން އަލަށްކުރިކަމެއްނޫނެވެ. ކޮންމެ ހަފްތާއަކުވެސް އެތައްފަހަރަކު މިފަދަ ނުބައި ޖަރީމާތައް އެމީހުންދަނީ ހިންގަމުންނެވެ.

މިގޮތުން މީގެކުރިން އިޒްރޭލުގެ ޒަޔަނިސްޓް ސަރުކާރުންނާއި ޒަޔަނިސްޓުންގެ ހަރުކަށި ގްރޫޕްތަކުން ވަނީ އެމީހުންގެ އަނިޔާވެރިކަމުގެ ނިޝާނަކަށް ޤުދުސްގައިވާ މުސްލިމުންގެ ޤަދީމީ ޤަބުރުސްތާނެއްކަމުގައިވާ "މައުމަނުﷲ" ޤަބުރުސްތާނު ހަދާފައެވެ. އެޤަބުރުސްތާނުގައިވާ މުސްލިމުންގެ އެތައް ޤަބުރެއް ކޮނެ ނަގައި އެބިމުގެ ބޮޑުބައެއް ފޭރިގަތުމަށްފަހު އެތާގައި ކްލަބަކާއި ހޮޓަލެއް ވަނީ ބިނާކޮށްފައެވެ. އެއަށްފަހު މިހާރު ޒަޔަނިސްޓުންގެ ލޯތައް އަމާޒުވެފައި މިވަނީ "އައްރަޙްމާ" ޤަބުރުސްތާނަށެވެ.

__________________________

މަޞްދަރު: ދި ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.