އެމެރިކާ ޢިރާޤު ސިފައިންގެ ފުށުން ގެއްލުންވި ކަމަށްބުނާ އެމެރިކާ ރައްޔިތުންނަށް ބަދަލުގެ ގޮތުގައި 400 މިލިޔަން ޑޮލަރު ޢިރާޤުން ދެނީ

ޢިރާޤު ސިފައިންގެ ފުށުން ގެއްލުންވި ކަމަށްބުނާ އެމެރިކާ ރައްޔިތުންނަށް ބަދަލުގެ ގޮތުގައި 400 މިލިޔަން ޑޮލަރު ޢިރާޤުން ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު ޚަލީލު

ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިންގެ ދުވަސްވަރު ޢިރާގު ސިފައިން ކުވައިތަށް އެރި ޙާދިސާގައި ޢިރާގު ސިފައިންގެ ފުށުން އެކި ކަހަލަ އަނިޔާ ލިބިފައިވާކަމަށްބުނާ އެމެރިކާގެ ރައްޔިތުންނަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހަތަރު ސަތޭކަ މިލިޔަން ޑޮލަރުދޭން އެމެރިކާ ސަރުކާރާއެކު ޢިރާގުގެ މިހާރުގެ ސަރުކާރުން އެއްބަސްވެއްޖެއެވެ.

ޢިރާގުން އެމެރިކާއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހުކަމަށް ޢިރާގުގައިހުންނަ އެމެރިކާގެ އެމްބަސީގެ ތަރުޖަމާނާ ޙަވާލާދީ އަލްޖަޒީރާބުނެއެވެ. ޢިރާގުންގެ ކިބައިން ބަދަލު ހޯދުމަށް އެމެރިކާސަރުކާރުން މަސައްކަތް ކުރަނީ، ޢިރާގު ސިފައިން އެމެރިކާގެ ޙަމަލާތަކުން ދިފާޢުވުމަށް ކުވައިތުގައި އެދުވަސްވަރުތިބި އެމެރިކާގެ ރައްޔިތުން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކޮށް އަނިޔާކޮށްފައިވާތީ ކަމަށް ބުނެއެވެ.

ޢިރާގު ސިފައިންގެ ކިބައިން އެމެރިކާގެ ރައްޔިތުންނަށް އަނިޔާވިކަމަށްބުނެ ޢިރާގުން ބަދަލުހޯދުމަށް އެމެރިކާ ވަކާލާތުކުރާއިރު، ބައިނަލް އަޤވާމީ ޤާނޫނުތަކާ ޚިލާފަށް އެމެރިކާއިން ޢިރާޤު އަޅުވެތިކޮށް ޢިރާޤުގެ ކުށެއްނެތް ރައްޔިތުންނަށް އިންސާނިއްޔަތާ ޚިލާފު ވަޙުޝީ އަނިޔާތައްދީ ޢިރާގު ކުށެއްނެތް ދެމިލިޔަން ރައްޔިތުން އެމެރިކާސިފައިން މަރާފައިވާކަމަށް ރަސްމީ ރިޕޯރޓުތައްވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޢިރާޤު ހަނގުރާމައިގާ އެމެރިކާސިފައިން ޢިރާޤުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ބަދަލު ހޯދުމަށް ޢިރާޤު ސަރުކާރުން މިހާހިސާބަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ޢިރާޤު ހަނގުރާމައިގާ އެމެރިކާ ސިފައިން ހިންގާފައި ޖަރީމާތަކުގައި މަރާ އަދި އަނިޔާ ކޮށްފައިވާ ކުޑަކުދިން. މިފަދަ ޖަރީމާތަކުގެ ބަދަލު އެމެރިކާއިން ދޭނެބާ!

ޓެގް

ހަމަލާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.