އަރަބިދުނިޔެ

ސުލްހައިގެ ޕްލޭންނާއި މެދު ގޮތެއް ނިއްމުމަށް 48 ގަޑިއިރުގެ މުހުލަތެއް ސޫރިޔާގެ ސަރުކާރަށް ދީފި

އދ އާ އެކުގައި ވެފައިވާ ސުލްހައިގެ އެއްބަސްވުމާއި އެއްގޮތަށް ނިއްމުމަށް 48 ގަޑިއިރުގެ މުހުލަތެއް ސޫރިޔާއަށް ދީފިކަމުގައި އިދިކޮޅު ފަރާތްތަކުން ހާމަ ކޮށްފިއެވެ.

އިންޓަނެޓްގައި އާންމު ކޮށްފައިވާ ވިޑިޔޯއެއްގައި އިދިކޮޅު ފަރާތްތަކުގެ އިސް އޮފިޝަލް ކާނަލް ގާސިމް ބުނެފައި ވާނީ އަންނަ ހުކުރު ދުވަހުގެ މެންދުރާއި ހަމައަށް ވަކިގޮތަކަށް ނިންމުމުގެ މުހްލަތެއް ބައްޝާރުގެ ސަރުކާރަށް ދީފިންކަމުގައެވެ. ގާސިމް ވަނީ މިހާރުން މިހާރަށް ސުލްހައިގެ އެއްބަސްވުމުގައި ވާ ގޮތުގެމަތިން ހައްޔަރުކޮށްގެން އަނިޔާ ކުރަމުން ދާ ފަރާތްތަށް ދޫކޮށްލާ އަދި ސޫރިޔާގެ އަވަށް ތަކަށް ގަދަ ބާރުން އަރާތިބި ސަރުކާރު ސިފައިން ވަގުތުން ފައިބާ ޓޭންކަރުތަށް ވެސް ބޭލުމަށް ވެސް ގޮވާލާފައެވެ.

ކާނަލްވަނީ ހުށައަޅައިފައި ވާ ޕްލޭންނާއި އެއްގޮތަށް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް އަނިޔާވެރި ވުން ހުއްޓާލައި އަދި ރައްޔިތުންނާއި ސަރުކާރު ހަވާލުކުރުމަށް ވެސް އެދިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *