ސޫރިޔާގައި މިހާރު ހިގަމުންދާ ހަމަނުޖެހުމަކީ ކާފަރުންނާއި މުސްލިމުންނާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކެއްކަމަށް އައްޝައިޚް ޢާދަމް ޝަމީމް ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޢާދަމް ޝަމީމްގެ ފޭސް ބުކް މެދުވެރިކޮށް ޝަމީމް ވިދާޅުވެފައިވަނީ ސޫރިޔާގައި އަނިޔާ ލިބެމުންދާ މީހުންނަކީ އެތާނގެ މުސްލިމުން ކަމަށާއި ، އަނިޔާވެރިވަމުން ދާ ބަޔަކީ ކާފަރުން ކަމަށެވެ. އިތުރަށް ޝަމީމް ވިދާޅުވެފައިވަނީ ސޫރިޔާގައި އަނިޔާވެރިވަމުންދާ މީހުންނަކީ އިސްލާމް ދީނުގެ އަޤީދާއިން ބޭރުވެފައިވާ ބައެއް ކަމަށާއި، އެއީ ޔަހޫދީން ފަދަ ކުފުރުގެ މަޒްހަބެއްގެ ބައެއް ކަމަށެވެ.
ސޫރިޔާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ދުނިޔޭގެ ބޮޑެތި ޢިލްމްވެރިން ވާހަކަފުޅު ދައްކަމުންދާއިރު ސަޢޫދީ އަރަބިޔާގެ ޝެއިޚެއްކަމަށްވާ ޢަލީ އަލްރުބައީ ވިދާޅުވެފައިވަނީ ބައްޝާރުލް އަސަދު މަރާލައިފި މީހަކަށް 450000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...