ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީގެ ފަރާތުން ޢީދު މަޖާގެ ނަމުގައި ހަވީރެއް ބާއްވައިފި

ޢަދާލަތު ޕާޓީގެ ފަރާތުން ޢީދު މަޖާގެ ނަމުގައި ހަވީރެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

1431 ވަނަ އަހަރުގެ ފިތުރު ޢީދު ފާހަނގަކުރުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ފަރާތުން 'ޢީދު މަޖާ'ގެ ނަމުގައި ހަވީރެއް ބާއްވައިފިއެވެ.

ޢީދު ދުވަހު ޞަލާހުއްދީން ބިލްޑިންއާއި ޖެހިގެން ހުޅަނގުން އޮންނަ ބިމުގައި ތުއްތު ކުދިންނަށް އިސްލާމީ ވެއްޓެއްގައި ޢީދު ފާހަގަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ބޭއްވި ހަވީރުގައި  ތަފާތު ކުޅިވަރު ހަރަކާތްތައް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި  ދަޅު ވެއްޓުމާއި، ބޯލް ޝޫޓިންގެ ފަދަ ކުޅިވަރުތަކުގައި ގިނަ އަދަދެއްގެ ކުދިންވަނީ ބައިވެރިވެފައެވެ. މިއިވެންޓުގައި ތުއްތު ކުދިންގެ ހުނަރު ދައްކާލުމަށް ސްޓޭޖުގެ ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ. މިސްޓޭޖު ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިންވަނީ މަދަހަ ކިޔުމާއި ޢީދުގެ ތަހުނިޔާ ކިޔުމުގައި ބައިވެރިވެފައެވެ.

މިއީ ރާއްޖޭގައި އިސްލާމީ ވެއްޓެއްގައި ކުޑަކުދިންނަށް ޢީދު ފާހަގަ ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަންޖެހެއެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.