ސީރިޔާގެ ސިފައިން ހޮމްސް ޕްރޮވިންސްގައި 50 މީހަކު މަރާލައިފި

ސީރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިދިޔަ ހުކުރު ދުވަހު ސީރިޔާގެ ސިފައިން ހޮމްސް ޕްރޮވިންސްގެ 'ހައުލާ' ސަރަހައްދަށް ދިން ހަމަލާގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށާއި މީގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭކަމަށް، އެޤައުމުގައި ހިނގާ ހަމަނުޖެހުންތައް ބަލަމުންދާ ހިއުމަންރައިޓްސް އަދި އެވްޓިވިސްޓްސްއާ ހަވާލާދީ ރޮއިޓާރސްއިން ހާމަ ކޮށްފިއެވެ.

އެކްޓިވިސްޓުން ބުނާ ގޮތުގައި ސީރިޔާގެ ރައްޔިތުންނާއި ދެކޮޅަށް ހަމަލާދިނުމުގެ ގޮތުން، އެޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ޤާނޫނާ ޚިލާފަށް ސީރިޔާގެ ސިފައިން ބަޑި ޖެހުމުގެ ސަބަބުން ހަމަނުޖެހުން ފާޅުކުރަމުން ދިޔަ މީހުންތަކުގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އަދި މީގެ ސަބަބުން ހަމަނުޖެހުން އިތުރަށް ގޯސްވެ، އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ.

ސީރިޔާގައި ހަރަކާތްތެރި ވަމުންދާ އެކްޓިވިސްޓެއް ކަމަށްވާ އަހްމަދު ކަސީމް ބުނެފައިވަނީ،"ސިފައިންގެ މީހުން މިހާރު ދަނީ 'ހައުލާ' ސަރަހައްދު ތަޅާ ސުންނާފަތި ކުރަމުން، އަދި މީގެ ސަބަބުން ޒަހަމްވާ މީހުންގެ އަދަދު ނުލާހިކު ބޮޑު" ކަމަށެވެ. އަދި ސިފައިންނާ ދެކޮޅަށް ރައްޔިތުންދިން ހަމަލާގައި ބައެއް ސިފައިންނަށް އަނިޔާވެ، ފަސް ޓޭންކެއްވަނީ ހަލާކު ކޮށްލާފައެވެ.

މިމީހުން މިހެން ބުނި ކަމުގައިވިޔަސް ސީރިއާގެ އިފިކޮޅުފަރާތްތަކުން ބުނަމުންގެންދަނީ ބައްޝާރުލް އަސަދުގެ ސިފައިން އިއްޔެ ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 110 އަށް އަރާކަމަށާއި މަރުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަމަށެވެ. އިދިކޮޅުފަރާތްތަކުން އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އިތުރަށް ބުނެފައިވަނީ އިއްޔެ ބައްޝާރުލް އަސަދުގެ ސިފައިން އެވަރުގެ ބޮޑު ޤަތުލުޢާއްމެއް ހިންގިއިރުވެސް އދ. ސިފައިންތިބީ ހިމޭން ވެފައިކަމަށެވެ.

ސީރިއާގެ މަސްރަހު ފިނިކުރުމަށްޓަކައި އެޤައުމަށް މިހާރުވަނީ އދ. ގެ ފައުޖެއް ގޮސްފައެވެ. ނަމަވެސް މިބައިމީހުންގެ މާބޮޑު ދައުރެއް އަދި ފެންނަމުންނެއް ނުދެއެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ނުކުރެވެނީ ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންގެ އެއްބާރުލުން ނުލިބޭތީ ކަމަށް މިބައިމީހުންދަނީ ބުނަމުންނެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.