ޞިއްޙަތު

ޕޮރޮޓީންސް އާއި ވިޓަމިންސްއިން މުއްސަނދިކަން ލިބިގެންވާ ކަދުރު

ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ

ޢާއްމުގޮތެއްގައި ހުރިހާ މުސްލިމުތަކުން ވެސް ރޯދަވީއްލަނީ ކަދުރުންނެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިކަމަށް އައިސްފައިވެއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރިނަމަ، އެމީހަކު ކަދުރުން ރޯދަ ވީއްލާށެވެ. އެމީހަކު އަތުގައި ކަދުރު ނެތް ނަމަ ދެން ފެނުންނެވެ. ހަމަކަށަވަރުން ފެނަކީ ޠާހިރު ކުރުވާ އެއްޗެކެވެ.“

ނަބިއްޔާ (صلى الله عليه وسلم) ރޯދައަށް ހުންނަވާ ނަމަ މަޣްރިބް ނަމާދު ވަގުތު ވުމުން ނަމާދު ކުރެއްވުމުގެ ކުރިން ކަދުރުން ރޯދަ ވީއްލަވައެވެ. ދޮންވެ ފައްކާވެފައިވާ ކަދުރު ލިބިނުލައްވައިފި ނަމަ ހިކި ކަދުރުން ރޯދަ ވީއްލަވައެވެ. ހިކިކަދުރު ވެސް ލިބިނުލައްވައިފި ނަމަ ފެންފޮދަކުން ރޯދަ ވީއްލަވައެވެ.

އަދުގެ ބޭސްވެރިކަމުގެ ސައިންސްއިން ދައްކާ ގޮތުގައި ކަދުރަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އޭގައި ޝުގަރ، ފެޓް، ޕްރޮޓީންސް އަދި ހަމައެހެންމެ ވިޓަމިންސް އެކުލެވިގެންވެއެވެ.

ކަދުރަކީ ޠަބީޢީ ފައިބަރގެ މުއްސަނދިކަން ވެސް ލިބިގެންވާ އެއްޗެކެވެ. ބޭސްވެރިކަމުގެ ތަޙުލީލިތަކުން ދައްކާ ގޮތުން ކަދުރަކީ ބަނޑުގެ ކެންސަރުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ. ކަދުރަކީ މިބާވަތުގެ މޭވާތަކުގެ ތެރެއިން އެންމެ ފައިދާ ހުރި މޭވާވެސް މެއެވެ. ކަދުރުގައި ތެޔޮ، ކެލްސިއަމް، ސަލްފަރ، އަޔަން، ޕޮޓޭސިއަމް، ފޮސްފޯރަސް، މެންގަނީސް، ކޮޕަރ އަދި މެގްނީސިއަމް ވެސް އެކުލެވިގެން ވެއެވެ. ކުރުކޮށް ބުނާނަމަ އެންމެ ކަދުރު އޮށެއް ޞިއްޙަތަށް ފައިދާ ހުރި ޑައިޓެއް ގޮތުން ފުދެއެވެ. ޢަރަބިންގެ ތެރޭގައި ކަދުރު ކިރާއި، ނުވަތަ ޔޯގަޓާއި އެއްކޮށްގެން ކައެވެ. އަދި ރޮށްޓާއި ނުވަތަ ބަޓާރާއި ނުވަތަ މަހާއި އެކުގައިވެސް ކައެވެ. މި ތަކެއްޗާއި އެކުގައި ކެއުމުން ހަމަ ޔަޤީނުން ވެސް ހަށިގަނޑަށް ފައިދާ ހުރި ސިނކުޑިއަށް ހަމަޖެހުން ލިއްބާއިދެނިވި ކެއުމަކަށް ވާނެއެވެ.

ކަދުރާއި ކަދުރު ރުކާއި ބެހޭގޮތުން ޤުރުއާނުގައި ވިހި ފަހަރުމަތިން ޛިކުރުކުރެވިފައި ވެއެވެ. މީގެން ކަދުރުގެ މުހިއްމުކަން ހާމަވެގެން ދެއެވެ. ނަބިއްޔާ (صلى الله عليه وسلم) ކަދުރު ރުކެއް ސިފަ ކުރައްވާފައިވަނީ މުސްލިމެއްގެ މިސާލުންނެވެ. ”ގަސްތަކުގެ ތެރެއިން މުސްލިމެއް ފަދަ ގަހެއް ވެއެވެ. އޭގެ ފަތްތަކެއް ނުއެއް ފައިބައެވެ.“

ކަދުރަކީ ގިނަޢަދަދެއްގެ ވިޓަމިންސްއާއި މިނަރަލްސްއިން މުއްސަނދިވެގެންވާ އެއްޗެކެވެ. ހަށިގަނޑުގައިވާ ”ޓްރޭސް އެލިމެންޓް“ ގެ މިންވަރު ދަށަށް ދިއުމުން ލޭހޮޅިތަކަށް އެކަމުގެ އަސަރު ކުރެއެވެ. އަދި ހިތުގެ ވިންދު އަވަސްވެ އޭގެ މަސައްކަތް، އޭތީގެ ޢާއްމު ޙާލަތުގައި ވާއިރު ހިނގާ ގޮތުގައި ހިނގުމަށް ހުރަހަކަށް ވެއެވެ. ކަދުރަކީ ކެލްސިއަމްގެ މުއްސަނދިކަން ލިބިގެންވާ އެއްޗެއް ކަމުން ކަށި ވަރުގަދަކޮށްދެއެވެ. ހަށިގަނޑުގައިވާ ކެލްސިއަމްގެ މިންވަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މަދު ވެއްޖެނަމަ ކުޑަކުދިންގެ ކަށި މަޑުވެ ބަލިވުމަށް މެދުވެރިވެއެވެ. އަދި ބޮޑެތި މީހުންގެ ކަށި މުރަނަވެ ބަލިކަށިވެއެވެ.

ކަދުރަކީ ލޮލޮގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. އަނދިރި ތަންތަނުގައި ލޮލުގެ ފެނުން ބަލިކަށިވުމުން ދުރުހެލި ކޮށްދެއެވެ. ޞަޙާބީންގެ ދައުރުތަކުގައި މުސްލިމު މުޖާހިދުނަށް ދެވޭ ޚާއްޞަ ކާނާއެއް ކަމުގައި ކަދުރު ވިއެވެ. އެބޭފުޅުން ހަނގުރާމަތަކަށް ވަޑައިގަންނަވާ ހިނދު ކޮތަޅެއްގައި ކަދުރުކޮޅެއް ގެންދަވައެވެ. ކަދުރަކީ މަސްގަނޑު ވަރުގަދަ ކޮށްދިނުމަށް އެންމެ ރަނގަޅު ކާނާއެވެ. ހަނގުރާމައަކަށް ދާ މުޖާހިދަކަށް އެންމެ ރަނގަޅު ކާނާވެސް މެއެވެ.

ނަބިއްޔާ (صلى الله عليه وسلم) ކަދުރު ކޭންބަލަވާއިރު ރޮއްޓާ އެކުގައި ކޭންބައްލަވައެވެ. އަނެއްބައިފަހަރުގައި ދޮންވެ ފައްކާވެފައިވާ ކަދުރު ކިއުކަންބާޔާއެކުގައި ކޭންބައްލަވައެވެ. އަދި ގީއާއި އެކުގައިވެސް ކޭންބައްލަވައެވެ. އެކެލޭގެފާނު ހުރިހާ ވައްތަރެއްގެ ކަދުރެއްވެސް ކޭންބައްލަވައެވެ. އަދި ޚާއްޞަކޮށް އަޖްވާ ކަދުރު ކޭންބެއްލެވުމަށް ލޯބިކުރައްވައެވެ.

ކްލިކް4އިސްލާމް އިން ނަގާފައި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *