ސުފުރާ އަލުވި ކިރުގަރުދިޔަ

އަލުވި ކިރުގަރުދިޔަ

އަލުވި ކިރުގަރުދިޔަ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި
2/1 ކިލޯ އަލުވި ( ތޮށިމަށާ، ކުދިކޮށްކޮށާފައި )

1 ގަނޑު ކަނޑުމަސް ނުވަތަ ވަޅޯމަސް ( ކުދިކޮށްކޮށާފައި )
1 ފިޔާ ( ކޮށާފައި )

2 ލޮނުމެދު
1 އިންޗި އިގުރު

ހިކަނދިފަތް
1 ސައިސަމުސާ އަސޭމިރުސް

ރާނބާފަތް
1 ޖޯޑު ބޯކިރު

3 ޖޯޑު ފެންކިރު

3/1 ސައިސަމުސާ މުގުރި ކާފޫރުތޮޅި

3/1 ސައިސަމުސާ މުގުރި ފޮނިތޮށި
ކުލަހިފާ ވަރަށް ރީނދޫ

1 ގިތެޔޮ މިރުސް

3 ބިލިމަގު

ނޫޑްލްސް ފެކެޓްގެ ސޫޕް ޕެކެޓެއް

ރަހަލާ ވަރަށް ލޮނު

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް

ފިޔާ، ހިކަންދިފަތް، ބިލިމަގު، ގިތެޔޮ މިރުސް، ރާނބާފަތް އަދި ތެޔޮ އަޅުއްވާ މީރުކޮށްލައްވާށެވެ. ފިޔާކޮޅު ރަތްވުމުން އޭގެތެރެއަށް އަލުވި އަޅުއްވާ އަލުވި މަޑުވަންދެން މަތި ޖައްސަވައިގެން ކައްކަވާލައްވާސެވެ. އެއައްފަހު ކާފޫރުތޮޅި، ފޮނިތޮށި، ރީނދޫ، ސޫޕް ޕެކެޓް، ލޮނު، އަސޭމިރުސް އަދި މަސް އަޅުއްވާ އެއްކޮށްލައްވާށެވެ. ފެންކިރު އަޅުއްވާ މަސްކޮޅު ރޯފިލަންދެން ކައްކަވާލައްވާށެވެ. މަސްކޮޅު ރޯފިލުމުން ލޮނުހެޔޮވަރު ކުރައްވާ ބޯކިރު އަޅުއްވާ ކެކިގަތުމުން އުދުންމަތިން ބާލުއްވާށެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.