" ލޯތަކުގެ ފިނިކަން " މިނަމުގައި ނަމާދުގެ ފިޤުހީ މައްސަލަތައް އުނގަންނައިދިނުމަށް ޖަމްއިއްޔަތުއްސަލަފާއި ރޭޑިޔޯ އެޓޯލްއާ ގުޅިގެން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖައްސައިފައިވާ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ މިޕްރޮގްރަމުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ނަމާދާއި ގުޅުންހުރި ފިޤުހީ ބާބުތަގަކުގައިވާ މައުޟޫޢުތަކުގެ މައްޗަށްކަމަށާއި އެގޮތުން ޠަހާރަތުގެ ބައިތަކުން ފެށިގެންގޮސް ބަންގީގެ ޙުކުމްތަކާއި، ޖަމާޢަތުގެ ނަމާދާއި، ފަރުޟު ފަސްނަމާދާއި، ސުންނަތް ނަމާދުތަކާއި، ދަތުރުވެރިޔާގެ ނަމާދާއި، އިސްތިސްޤާ ނަމާދާއި، ކޭތަނަމާދާއި އަދިމިނޫނަސް ނަމާދާއި ގުޅުންހުރި މައުޟޫޢުތަކަށް މިޕްރޮގްރާމުގައި އެހުންތެރިންނަށް މަޢުލޫމާތު ދެވޭނެކަމަށާއ އަދި ހަމައެފަދައިން އެހުންތެރިން ކުރާ ސުވާލުތަކަށް ޖަވާބުވެސް ދެވޭނެކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވަޑައިގަންނަވާނީ ޖަމްޢިއްޔަތުއްސަލަފުގެ ޝެއިޚުންކަމަށާއި މިހާރު މިޕްރޮގްރާމުގައި މަޢުލޫމާތު ދެއްވުމަށް ކަނޑައަޅާފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ކަމަށް ސަލަފުން ހާމަކުރެއެވެ.
މި ޕްރޮގްރާމަކީ ހަފްތާގެ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 22:00 ން 23:00 ށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...