ޔޫރަޕު ރިކްޓަރ މިންގަޑުން 7.4 ގެ ބާރުމިނުގައި ނިއުޒިލޭންޑަށް ބިންހެލުމެއް އަތުވެއްޖެ

ރިކްޓަރ މިންގަޑުން 7.4 ގެ ބާރުމިނުގައި ނިއުޒިލޭންޑަށް ބިންހެލުމެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ރިކްޓަރ މިންގަޑުން 7.4 ގެ ބާރުމިނުގައި ނިއުޒިލޭންޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ނިއުޒިލޭންޑުގެ 2 ވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ކްރިސްޓްޗާރޗަށް އައި މި ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ބައެއް ޢިމާރާތްތައް ހަލާކުވުމާއި މަގުތައް ހަލާކުވުމާއި ގިނަ ހިސާބުތަކުން ކަރަންޓު ކަނޑައިގެން ދިއުން ހިމެނެއެވެ. މިހާތަނަށް މީހަކު މަރުވެފައިވާކަމުގެ ޚަބަރެއްލިބިފައެއްނުވެއެވެ. ނަމަވެސް ސަތޭކައަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށާއި އޭގެތެރޭގައި ވަރަށް ނާޒުކުފައްތަރެއްގައިވާ 2 މީހުންހިމެނޭކަމަށް ރަސްމީ ފަރާތްތަކުން ޚަބަރު ދެއެވެ. ބިންހެލުމުގެ ސަބަބުން ކްރިސްޓްޗާރޗުގައި މިހާރުވަނީ ކުއްލިހާލަތު އިއުލާނުކޮށްފައެވެ.

ބިންހެލުން އައިސްފައިވަނީ ހޮނިހިރުދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.