ދަރުސް ޚަބަރު "ތަވްޙީދު" މިމައުޟޫއަށް މިރޭ ޚާއްޞަ ދަރުސެއް

"ތަވްޙީދު" މިމައުޟޫއަށް މިރޭ ޚާއްޞަ ދަރުސެއް

"ތަވްޙީދު" މިމައުޟޫއަށް މިރޭ ޚާއްޞަ ދަރުސެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޢަދާލަތު ޕާޓީން ހިންގަމުންދާ ޕްރޮގްރާމްތަކުގެ ދަށުން މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޢަދާލަތުން ހާމަކުރާ ގޮތުގައި "ތަވްޙީދު" މިމައުޟޫއަށް ބާއްވާ ދަރުސް އޮންނާނީ އަލިމަސް ކާނިވަލްގައި މިރޭ 20:45 ގައެވެ. ސުވާލާއި ޖަވާބު ސެޝަނަކާއެކު ބާއްވާ މިދަރުސްގެ ޢިލްމުވެރިންގެ ޕެނަލްގައި 6 ޢިލްމުވެރިއަކު ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޝައިޚް އިލްޔާސް ޙުސައިންއާއި، ޝައިޚް މުޙައްމަދު ނަޝީދު އާދަމްއާއި، ޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފާއި، ޝައިޚް މުޙައްމަދު ލަޠީފާއި، ޝައިޚް މުޙައްމަދު ޠައްޔިބް އަދި ޝައިޚް މުޙައްމަދު ހައިޘަމްއެވެ.
މިދަރުސް ދިޓީވީއާއި ރޭޑިއޯ އެޓޯލްއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް ޢަދާލަތުން ދަޢުވަތު ދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.