ޖަމްޢިއްޔަތުއް ސަލަފުން ހައްޖާބެހޭ ސީޑީއެއް ނެރުމަށް ތައްޔާރުވަމުންދާކަމަށް އެޖަމްޢިއްޔާގެ ރައީސް ފަލީލަތުއްޝައިޙް އަބުދުﷲ ބިން މުހައްމަދު އިބުރާހިމް ވިދާޅުވެއްޖެއެވެ.
ދިއިސްލާމަށް ދެއްވިބަސްދީގަތުމެއްގައި ޝައިޚް އަބުދުﷲ ވިދާޅުވީ ނަމާދުކުރާގޮތް ދައްކުވައިދޭ ދެވަނަ އެޑިޝަން އެއީވަރަށް ތަފްސީލުކޮށް ނެރެންޖެހޭ ސިޑީއެއް ކަމަށާއި، އަދި ބުރަ މަސައްކަތެއް ކަމަށެވެ. އޭގެ ކުރިން މަސައްކަތް ކުރަމުންމިގެންދަނީ ހައްޖާބެހޭ ސީޑީއެއް ނެރުމަށްކަމަށް ޝައިޚް އަބުދުﷲ ވިދާޅުވިއެވެ.
ހައްޖާބެހޭ ސީޑީ ކިހާމުއްދަތެއްގެ ތެރޭގައިނެރެވޭ ވަރުވާނެތޯ ސުވާލުކުރުމުން ޝައިޚް އަބުދުﷲ ވިދާޅުވީ "މަސައްކަތްކުރަމުންމިދަނީ ހައްޖުގެ ކުރިން ނެރެވޭތޯކަމަށެވެ. ނަމަވެސް އެމަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް"ކަމަށެވެ.
މިއަހަރު ތެރޭގައި ޖަމްޢިއްޔަތުއް ސަލަފުން އިތުރަށް ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކަކީ ކޮބައިތޯ އެއްސެވުމުން ޝައިޚް ވިދާޅުވީ މިއަހަރުތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ދީނީ ވާހަކަ ފޮތްތަކެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މިއަހަރުތެރޭގައި އިސްލާމްދީނާއި ގުޅުންހުރި ކޯހެއްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...