އައްޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ މާލެހިޔާ ފްލެޓް ކައިރީގައި ހުންނަ ފުރުޤާން މިސްކިތުގައި މިރޭ 20:30 ގައެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "މާތް ﷲ އަށް ބިރުވެތިވުން" މިމައުޟޫއަށެވެ.
މިދަރުސް އަޑުއެހުމަށް ފިރިހެން ބޭފުޅުންގެ އިތުރުން އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމްދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އިށީނދެތިބުމަށް ގޮނޑި ޖެހުމަށް ނިންމާފައިވެއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ޒުވާނުންކޮޅެއް ގުޅިގެން އިންތިޒާމްކުރާ މިދަރުސް އަޑުއެހުމަށް ދެޖިންސުގެ ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އެފަރާތުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...