ދަރުސް ޚަބަރު އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ދަރުސް ތާވަލް – އޭޕްރީލް 13، ހުކުރު ދުވަހުގެރޭ

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ދަރުސް ތާވަލް – އޭޕްރީލް 13، ހުކުރު ދުވަހުގެރޭ

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ދަރުސް ތާވަލް – އޭޕްރީލް 13، ހުކުރު ދުވަހުގެރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް އެފެއާޒް މިނިސްޓްރީން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުންގެންދާ ދަރުސްތަކުގެ ތެރެއިން އޭޕްރީލް 13 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އާންމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް – އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: އިސްލާމްދީނުގައި އަމާނާތްތެރިކަމަށް ބާރުއަޅުއްވާފައިވާ މިންވަރު)

2- މަސްޖިދު ފުރުޤާން [މާލެހިޔާ ފްލެޓް ކައިރި] - އައްޝައިޚް އަޙްމަދު ސަމީރު (މައުޟޫއު: މާތް ﷲ އަށް ބިރުވެތިވުން)  - [ގަޑި : 20:30]

3- މަސްޖިދު އިސްކަންދަރު - އަލްއުސްތާޛް ޙުސައިން ޢަބްދުﷲ ސަޢީދު (މައުޟޫއު: އިސްލާމްދީނުގައި އަމާނާތްތެރިކަމަށް ބާރުއަޅުއްވާފައިވާ މިންވަރު)

4- މަސްޖިދު ނޫރު – އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން (މައުޟޫއު: ނަމާދުގެ މުހިންމުކަން)
މިދަރުސްތަކުގެ ތެރެއިން ފުރުޤާން މިސްކިތުގައި އޮންނަ ޝައިޚް ސަމީރުގެ ދަރުސް އަޑުއެހުމަށް އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމުގެ މަޢުލޫމާތު ލިބެއެވެ.
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އެދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.