ސައިންސާއި ޓެކް ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަނީ

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަނީ

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިމުދިމުގެ ދެވަނަ ވާޝަން ނެރެމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސޮފްޓްވެއާރ ނެރުމުގައި ހަރަކާތްތެރިވާ ފަރާތުން ދިއިސްލާމްއަށް ހާމަކޮށްފިއެވެ.

އިތުރު ފީޗާ ތަކެއް ހިމަނައިގެން މިފަހަރުގެ ވާޝަން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރިލީޒް ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެފަރާތުން ހާމަކުރައްވައެވެ. ދިމުދިމުގެ 2 ވަނަ ވާޝަންގައި ފާހަގަކޮށްލެވޭ ބަދަލުތަކުގައި ނޫރުލްއިސްލާމް ވެބްސައިޓުގެ އަޕްޑޭޓްތައް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި މީގެ އިތުރުން ނަމާދު ވަގުތު ތަކުގައި މައްސަލަ ޖެހިފައިވާ ގަޑިތައް ފާހަގަކޮށް އިޞްލާޙު ކުރެވިފައިވެސް ވާނެކަމަށެވެ.

ނޫރުލްއިސްލާމް ވެބްސައިޓާއި ދިވެހިސޮފްޓު ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރި ކަމާއެކު ތައްޔާރުކޮށް ނެރެފައިވާ މިސޮފްޓުވެއާއަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ނަމާދުވަގުތު ހިމެނޭ ގޮތަށް ނަމާދު ވަގުތު ވަނުމުން ގަޑިން ބަންގި ގޮވާގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއާ އެކެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި މިހާތަނަށް ދިމުދިމު ޑައުންލޯޑު ކުރެވުނު ޢަދަދު 11058 (އެގާރަހާސް ފަންސާސް އަށެއް) އަށް ވުރެ މައްޗަށް އަރައެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.