މުޒާހަރާ ކުރުމާއި ބަޣާވާތް ކުރުމުގެ ތަފާތަކީ ކޮބާ؟ ތިން ތަފާތެއް ބުނެދިނުން އެދެން؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޢިލްމުވެރިންގެ ވާހަކަފުޅަތަކަށް ރިޢާޔަތްކޮށް ތިރީގައިމިވާ ޝަރްޠު ތަކާއި އެކު މުޡާހަރާކުރުމަކީ ހުއްދަ ކަމެއްކަމުގައި ދެކެމެވެ.
1. އަންހެނުން ޢައުރަނިވާނުކޮށް ނުނިކުތުން.
2. އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ނޫޅުން.
3. މުޡާހަރާގައި ލަވަޔާއި މުޔިޒިކް ބޭނުން ނުކުރުން.
4. ދޮގުވާހަކަ ތައް ލިޔެފައިވާ ބެނާ ތައް ބޭނުން ނުކުރުން.
5. މީސްތަކުންނަށް އުނދަގޫވާގޮތަށް މަގުތައް ބަންދުކޮށް ނުހެދުން.
6. މީސްތަކުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ގޮވާ ނުހެދުން.
7. މީސްތަކުންނަށާއި މުދަލަށް ގެއްލުންދީ ނުހެދުން.
8. އެތަނެއްގެ ޤާނޫނާ ޚިލާފު ޙަރަކާތްތައް ނުހިންގުން.
9. ޞުލްޙަވެރި މުޒާހަރާއެއް ކަމަށް ވުން.
ބަޣާވާތެއް ކަމުގައި ބެލެވޭނީ އެބައިމީހުންގެ ކިބައިގާ ހަތަރު ޝަރްޠެއް ހަމަވާނަމައެވެ.
- ޢަދުލުވެރި އިމާމަކާ ދެކޮޅަށް ނިކުތުން.
- ބާރު ހުރި ޖަމާޢަތެއްގެ ބަޔަކު ހަތިޔާރާއިގެން ޙާކިމާ އާއި ދެކޮޅަށް ނިކުތުން.
- ޙާކިމާ އާއި ދެކޮޅަށް ނިކުންނަނީ ގަބޫލުކުރެވޭ ފަދަ ސަބަބުތަކެއް ހުރެގެން ކަމުގައިނުވުން.
- އެބައިމީހުން ކިޔަމަންވާ ލީޑަރަކު އެބައިމީހުންގެ ތެރޭގައި ހުރުން.
والله أعلم

















ޚިޔާލު